ޚަބަރު
މެކޭނިކަލް ޕާކިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް

މެކޭނިކަލް ޕާކިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން އެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ރެކްތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ތަކެތި ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހިއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އަދި އެތާނގައި ގާތްގަނޑަކަށް 275 ވެހިކަލް ޕާކް ކުރެވޭނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން އެއީ ބޭނުން ކުރެވޭ ޕާކިން ރެކްތަކަކަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕާކިން ސިސްޓަމްތަކަކީ 2017 ވަނަ އަހަރު ގާއިމް ކޮށްފައިވާ ސިސްޓަމްތަކެކެވެ. މި ސިސްޓަމްތައް ހާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ.

މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އޭގެތެރޭގައި  4،000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންގްތަކެއް ގާއިމް ކުރުން ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!