ފަޒީސް ހިޖާމާ ތެރަޕީ ނަމުގައި ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށް ޞިއްޙީ ވުޒާރާއިން އަންގައިފިއެވެ.
މި އެންގުން އެންގީ އެ ތަން ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނެތި ޚިދުމަތް ދެމުންދާތީއެވެ.
ޞިއްޙީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަޒީލާ ޢުޘްމާން ނަމަކަށް ކިޔާ ފަރާތަކުން ހިންގަމުންދާ މި ތަނާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ނޫނީ ޚިދުމަތް ނުދިނުމަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި “ފފަޒީސް ހިޖާމާ ތެރަޕީ” ގެ ނަމުގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވުޒާރާގގެ ހުއްދަ ނެތި ކޮށްފައިވާ އިޝްތިހާރުތަކެއް ކަމަށްވާތވާތީ، އެ އިޝްތިހާރުތައްވެސް ނެގުމަށް އަންގާފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ބަލިމީހުންގެ މެޑިކަލް ރިޕޯޓުތަކަކީ ޞައްޙަކަން ކަށަވަރުނުވާ މަޢުލޫމާތު ކަމަށްވާތީ، އެ ރިޕޯޓުތައްވެސް ނެގުމަށް އަންގާފައިވެއެވެ.
ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި ޚިދުމަތް ދިނުމަކީ ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތްުމަތް ދިނުމުގެ ޤާނޫނު) އާ ޚިލާފު ކަމެއް ކަމަށާއި، މިކަން ކުރިއަށް ގެންދާނަމަ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް ފަޒީލާއަށް އަންގާފައިވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އޯލްޓަނޭޓިވް ބޭސްފަރުވާގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާނަމަ، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްފަހު ނޫނީ ޚިދުމަތް ނުދިނުމަށް އަންގާފައިވެއެވެ.
ޞިއްޙީ ވުޒާރާއިން ނިންމާލަމުން ބުނެފައިވަނީ، ޤާނޫނާ ޚިލާފަށް މިފަދަ ޚިދުމަތްތައް ދޭ އެހެން ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިދިޔަ ސަރުކާރުުންވެސް ފަޒީއަށް މިތަން ބަންދު ކުރުމަށް އެންގި އެވެ، އެހެންނަމަވެސް ފަޒީލާ ދިޔައީ މިއީ ރަނގަޅު ވިޔަފާރިއެއްގެ ގޮތަށް ކުރިއަށް ގެންދަމުންނެވެ. މިދިޔަ ސަަރުކާރުން ހުއްޓުވާނުލެވުނު ނަމަވެސް މިސަރުކާރުން ބުނެފައި މިވަނީ ހުއްދަނެތި ފަޒީ އެމަސައްކަތް ކުރިއަށްގެންދާނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން، ފިޔަވަޅުއަޅާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސް ފަޒީލާ އެޕޮއިންޓަމްންޓް ދޫކުރިއެވެ.