ޚަބަރު
ދަނޑުވެރިންނަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުމަށް “ކުރޮޕް ތަކަފުލް” ތަޢާރަފްކޮށްފި

ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން “ކުރޮޕް ތަކަފުލް” ނަމުގައި އައު ސްކީމެއް ތަޢާރަފްކޮށްފިއެވެ.

މި ސްކީމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއްގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި “ކުރޮޕް ތަކަފުލް” ސްކީމުގެ ތަފްޞީލުތަކާއި، ދަނޑުވެރިން މި ސްކީމަށް އަހުލުވެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިނިސްޓަރ ރަމީލާ ވިދާޅުވީ މި ސްކީމަކީ ދަނޑުވެރިންގެ ދިރިއުޅުމަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

“ކުރޮޕް ތަކަފުލް” ސްކީމުގެ ދަށުން، ވިއްސާރަ، ފެންބޮޑުވުން، ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންގެ ބިންތަކަށާއި އޭގެ އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބިދެވޭނެއެވެ. މީގެ އިތުރުން، މި ސްކީމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިނިސްޓަރ ރަމީލާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިންނަށް މި ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔއްގެންދާނކަމަށާ އަދި މި ސްކީމުގެ ފައިދާ ވީހާވެސް ގިނަ ދަނޑުވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް މަސައްކަތްކޮއްދެއްވާނެ ކަމަށްވެސް މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!