ޚަބަރު
ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އާދަމް ޝަރީފް

ރ.ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ލަފާފުރަން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ އެމްޑީ އަޙްމަދު ސައުދީ ރޭ ދެއްވާފައިވާ ކަމަށެވެ.

ދުވާފަރަކީ މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ނެރު ތިލަވުމުގެ ސަބަބުން އެ ރަށު ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!