ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތައް މީހުން ބޭނުންކުރަނީ ވާހަކަދެއްކުމާއި އެކި ގުޅުންތައް ބަދަހިކޮށް ބޭއްވުމަށެވެ. ހާއްސަކޮށް މިފަދަ ބޭނުންތަކަށް ބޭނުންކުރެވޭ މި ޕްލެޓްފޯމްގެ ބޭނުން އެންމެއެދެވޭ ގޮތުގައި ނުކުރެވޭތަން ދަނީ ފެންނަމުންނެވެ. އޭގެ ސަބަބުން މީހާގެ މުޅި ހަޔާތް ބަރުބާދުވެ ވޭނަކަށް ހުށަހެޅިގެން ދެއެވެ. ސޯޝަލްމީޑިއާއަށް އަހުލުވެރި މި ޒަމާނުގައި އެކި ގޮތްގޮތަށް ޗެޓްކުރެވެންއޮތްނަމަވެސް އޭގެ ތެރެއިން ސްނެޕް ޗެޓަކީ ކޮންމެހެން ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލު ބަޔަކަށް ވަނީ ވެފަވެއެވެ.
ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ދިވެހިންތިބީ ވަރަށް ބޮޑަށް ދެވިހިފާއެވެ. ނަމަވެސް މިއި ކިހާވަރެއްގެ ކަމެއްކަމެއް އެއްވެސް މިހަކަށް ނޭނގެއެވެ. ވަގުތީ އުފާ ހޯދުމުގަ ދުވާލު ހޭދަކޮށްލައެވެ. އެގޮތުން ސްޓްރީކް ކުރުމާއި، ފޮޓޯނެގުމާއި އަދި އެ ފޮޓޯތައް ފްރައިންޑްންނަށް ފޮނުވުމާއި، ޗެޓްވެސް ކުރެވެއެވެ. އަދި ކުރެވޭ މި މުއާމަލާތް އެންމެ ގިނަވެގެން ފެންނަންހުންނަނީ އެއް ދުވަސްވަންދެންވެ. މި ގޮތަށް ކުރެވޭ ޗެޓްތަކާއި ފޮނުވޭ ފޮޓޯތަކަށް ދެވިހިފާ އެންމެ ބޮޑު ބޭނުމަކީ ސްނެޕްތަކާއި ކުރެވޭ މުއާމަލާތައް ރިކޯޑް ކޮށް ނުވަތަ ސްކްރީން ޝޮޓެއް ނަގާލިއަސް ފޮނުވާ މީހާއަށް އެނގޭގޮތަށް އޭގައިވަނީ ފީޗާތައް ގާއިމްކޮށްފައިވާތީއެވެ.
އެހެންކަމުން އެއީ އެންމެ ރައްކާތެރި އެޕްގެ ގޮތުގައި މިހުން ގަބޫލު ކުރެއެވެ. އަދިމިއިން ކުރެވޭ ބޭނުންތައް ގިނަވެ އެކި ޒާތްޒާތުގެ ފޮޓޯއާއި، ވީޑިއޯވެސް އެކަކު އަނެކަކަށް ފޮނުވާ ހަދައެވެ. އެގޮތަށް ފޮނުވޭ އިރު އަމިއްލައަށް ބަރަހަނާވެވޭ ކަމީ ހިތާމަ ހުރިކަމެކެވެ. މި ހާލަތަށް އަމިއްލައަށް ދެވޭއިރު މިއީ ކިހާވަރެއްގެ ކަމެއްކަން ޙުދު އެމީހަކަށްވެސް ނޭގެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް މިއެޕް ބޭނުން ކުރަމުންދާއިރު ވިސްނާނުލެވި ކުރެވޭ މުއާމަލާތުގެ ސަބަބުން މީހާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހި ހަޔާތަށް ބޮޑު ލޮޅުތަކެއް އަރަން މެދުވެރިވެއެވެ. މި އެޕްގެ ބޭނުންގެ ނަހަމަގޮތުގައި ހިފާ ކުރެވޭ ޗެޓް ލޮގްތަކާއި ފޮޓޯތައް ލީކްވެ ނަހަމަގުޅުމުގެ ޝިކާރައަކަށް ވެއެވެ.
މިގޮތުން ރާއްޖޭގައި މި މައްސަލަ އާންމު ބޮޑު މައްސަލައަކަށް ވެފައިވާއިރު، ދާދިފަހުން ފުލުހުން ސީޒް ކުރި ޓެލެގުރާމް އެކަންޓްތަކުން ވަނީ ދިވެހި އަންހެނުންނާއި އަދި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައެވެ. ގާތްގަޑަކަށް ދިވެހި އަންހެނުންގެ ދެ ލައްކައެއްހާ ވީޑިއޯ އެ އެކަންޓުން ފެނިފައި ވެއެވެ.
މި ކަމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފުލުހުން ބުނީ ސްނެޕް ޗެޓް ބޭނުންކޮށްގެން އަމިއްލަ ބަރަހަނާވާ މަންޒަރު އެއްވެސް ހާލަތެއްގައި އެއްވެސް މީހަކާއި ހިއްސާނުކުރުމަށާއި، ބަރަހަނާ ފޮޓޯއާއި ވީޑީއޯ ލީކު ކުރާ ފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ގިނަ މީހުން ވިކްޓިމައިޒްވެފައި ވަނީ، ސޯޝަލް މީޑިއާގެ ކޮންމެވެސް ގޮތަކުން ފޮޓޯއެއް ހިއްސާކުރެވިގެންކަމަށެވެ. އެހެންކަމުން ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުގައި ވެސް، ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފަ ކަމަށެވެ.
އަދި އެފަދަ މައްސަލަތަކުގައި ޝިކާއަރަކަށް ވެފައިވާ ފަރާތްތަކުން ލަސްނުކޮށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަން ފުލުހުން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފަ އެވެ.