ގިނަ އަދަދެއްގެ ޑްރަގާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި ދިރިއުޅެމުންދާ އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ 23 އަހަރުގެ މީހެކެވެ.
އޭނާ ދިރިއުޅޭ ކަމަށް ބެލެވޭ ތަނާއި އޭނާގެ ބެލުމުގެ ދަށުގައި ކަމަށް ބެލެވޭ ތަނަކާއި ދެ ކާރު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެތަކެތީގެ ބަރުދަނެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ޑްރަގް ފެނުނު ތަންތަނާއި އޭނާއާ ގުޅުމެއް ނެތް ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ. އަދި މި މައްސަލާގައި ފެނުނު ބައެއް ތަކެއްޗަށް މި މައްސަލާގައި ހިމެނޭ ބައެއް މީހުން ޒިންމާ ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮބާހޭ ތި އެއްޗެހި ރާޖެ އެތެރެކުރިމީހާ