ޚަބަރު
ފެށޭ ހަފުތާގައި ފިޔާގެ އަގު ހެޔޮވާނެ: ހީނާ

އަންނަ ހަފުތާއިން ފެށިގެން ފިޔާގެ އަގު ހެޔޮވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

ހީނާ ވިދާޅުވީ ރާއްޖެއަށް ފިޔާ އެތެރެކުރާ މިންވަރު މިހާރު މަދުވެފައިވާ ކަމަށާއި ފިޔާ އެތެރެކުރާ މިންވަރު ވެސް މަދުވީ އިންޑިއާއިން އެކްސްޕޯޓް ކުރާ މިންވަރު ވެސް މަދުވުމުން ކަމަށެވެ.

އަސާސީ އެއްވެސް މުދަލެއް ބާޒާރުގައި މަދުވެގެން އުޅޭނަމަ، އެ މުދަލެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެގޮތުން އަންނަ ހަފުތާގެ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އެސްޓީއޯ މެދުވެރިކޮށް ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

ފިޔާގެ އަގު ބޮޑުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ފިޔާ ބަސްތާއެއްގެ އަގު ހުރީ 650 ރ. އަށެވެ. ނަމަވެސް އެ ދުވަހުގެ ހަވީރުން ފެށިގެން އަގު ވަނީ 900 ރ. އަށް މަތިިވެފައެވެ.

ފިޔާ ކިލޯއެއް ވިއްކަމުން އަންނަ އަގަށް ބަލާއިރު، މީގެކުރިން ވިއްކަމުން އައީ 20 ރ. އާއި 25 ރ. އާ ދެމެދުގެ އަގެއްގައެވެ. މިހާރު ފިޔާ ކިލޯއެއްގެ އަގު ހުރީ 37 ރ. އާ 40 ރ. އާ ދެމެދުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!