ޚަބަރު
ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދެއްކި މީހާއަށް ދައުވާކުރަން ފޮނުވައިފި

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދެއްކި މައްސަލަގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ.ކަނޑޫދޫ، އުމުރުން 41 އަހަރުގެ ޢަލީ އަޙްމަދެވެ.

އޭނާ ހައްޔަރުކޮށްފައި ހުންނަތާ މިހާރު ދެ މަހެއްވަރު ވެފައިވާއިރު މީގެކުރިން ދެތިން ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާ ކުށް ކޮށްފައިވަނީ ސްކޫލެއްގެ ކުލާސްރޫމަށް ވަދެ ކިޔަވާ ދަރިވަރުންގެ ކުރިމަތީގައި ޓީޗަރުންނަށް ބިރު ދައްކައިގެންނެވެ.

ކޯޓުން މިއަދު ނެރުނު އަމުރުން އެނގޭ ގޮތުގައި މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން އެދި މިއަދު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

އޭނާއަކީ ގިނަ އަދަކަށް ހައްޔަރާއި ބަންދު ލޮގް އޮތް މީހެއް ކަމަށާއި ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުވުމުގެ އިހުތިމާލު އޮތް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!