ޚަބަރު
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިމިއްޖެ

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

އާރްޑީސީ އިން މިއަދު ހާމަކުރި ގޮތުގައި، ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތިނަދޫސިޓީގެ 15 މަގެއް، ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ވަނީ ކޮށް ނިންމާލާފައެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރޗަރ އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. 78.80 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި މިނިސްޓްރީއިން އާރްޑީސީއާއެކު ސޮއިކޮށްފައިވަނީ 8 އޭޕްރީލް 2021 ގައެވެ.

ތިނަދޫ ސިޓީ…..ފޮޓޯ؛އާރްޑީސީ

މި މަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތަކީ 450 ދުވަސް ކަމުގައި ވީ ނަމަވެސް މަސައްކަތް ބިޑް އުސޫލުން ނަގާފައިވާ ފަރާތުން މަސައްކަތް ދޫކޮށްލުމުގެ ސަބަބުން ލަސްތަކެއް ވެފައިވީ ނަމަވެސް، އަދި ދުވަސްތަކެއް އިތުރުވެގެން ދިޔަ ކަމުގައިވިޔަސް، އަލުން އާރްޑީސީގެ ތިނަދޫސިޓީގެ ސައިޓުގައި މަސައްކަތް ކުރެއްވި އިސްމުވައްޒަަފުންނާއި އާރްޑީސީގެ މެނޭޖުމަންޓުން ކުރި މަސައްކަތާއި ހިތްވަރާއި މިންނަތުން، ވޭތުވެދިޔަ މަދު ދުވަސްތަކެއްގައި އަލުން ތިނަދޫސިިޓީގެ މަގުތަަކުގެ މަސައްކަތް ފަށައިގެން ފުރިހަމަކަމާއެކު އެމަސައްކަތްތައް މިވަނީ ނިންމާލާފައެވެ.

ތިނަދޫ ސިޓީ…..ފޮޓޯ؛އާރްޑީސީ

މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގެ 15 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ސައިޑްވޯކް ހެދުމާއި، ސްޕީޑް ބްރޭކަރާއި މަގުމަތީގައި ބޭނުންކުރާ އެކި ސައިންތައް ހެދުމާއި، މަގުބައްތި ހަރު ކުރުމާއި، މިހާރު ތާރު އަޅާފައިވާ މަގުތަކުގައި ޒިބްރާ ކްރޮސިންގ ހެދުމުގެ އިތުރުން ޒިބްރާ ކްރޮސިންގ ކުރެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އާރްޑީސީން ބުނި ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު، ތިނަދޫ ސިޓީއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ތިނަދޫ ސިޓީ…..ފޮޓޯ؛އާރްޑީސީ

މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމުމަށްޓަކައި މަސައްކަތްކޮށްދެއްވި އެންމެހާ މުވައްޒަފުންނަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތްކުރެއްވި މުވައްޒަފުންނަށް އާރްޑީސީގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.

އާރްޑީސީން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައް ކުރުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!