ޚަބަރު
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގައި އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދިނުމަށް އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގައި އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދިނުމުގެ އިތުރުން، އެ ދުވަސް ފާހަގަކުރުމުގައި ހަރަކާތްތައް ގެންދަންޖެހޭ ގޮތުގެ އިރުޝާދުތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ އިރުޝާދުތަކެއް ވަނީ ދީފައެވެ.

މިނިސްޓްރީން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި، ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އަންނަ މަހުގެ 6 އިން 10 ވަނަވަނަ ދުވަހުގެ ތެރެއިން ދުވަހެއް ކަނޑައެޅުމަށާއި، ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުމަށް އަންގާފައިވެއެވެ. އަދި ރަސްމީ ސެޝަންގެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް، ކިޔަވައިދޭ ދަންފަޅި ކުރުނުކޮށް ހަރަކާތްތައް ގެންދިއުމަށްވެސް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން، ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށާއި، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުމަށް އަންގާފައިވެއެވެ. އަދި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން އެއްވެސް ފައިސާއެއް ނުނެގުމަށާއި، ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުމަށްވެސް އަންގާފައިވެއެވެ.

އެސާކިއުލާގައި ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުމަށްވެސް އަންގާފައިވެއެވެ. އަދި މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މުދައްރިސުންނަށް ހިތްވަރާއި ތަރުހީބު ލިބޭ ފަދަ ގޮތަކަށް މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތައް ރޭވުމަށް އެދިފައިވެއެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު 5 ވަނަ ދުވަހެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަ ކުރުމަށް ކުލަގަދަ ގިނަ ހަރަކާތްތަކެއް ސްކޫލުތަކުން ކުރިއަށްގެންދާ އިރު، އެ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާކަމުގެ ކަންބޮޑުވުން އަބަދުވެސް ބައެއް ބެލެނިވެރިން ފާޅުކުރަމުން އައިސްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!