ޚަބަރު
އިހަވަންދޫ ކައުންސިލުން ކެރޭނަކަށް އެދުނުތާ 30 ދުވަހުގެތެރޭ އެމްޕީއެލްއިން ކެރޭނެއް ހަދިޔާކޮށްފި

ހއ.އިހަވަންދޫ ކައުންސިލުން ކެރޭނަކަށް އެދުނުތާ 30 ދުވަހުގެތެރޭ އެމްޕީއެލްއިން އެ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ.

އިހަވަންދޫ ކައުންސިލާ ކެރޭނު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު އެ ރަށުގައި ވަނީ ބާއްވާފައެވެ.

އިހަވަންދޫ ކައުންސިލާ ކެރޭނު ހަވާލުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ހުވަދޫ މީޑިއާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ މިއީ ކައުންސިލްގެ އެދިވަޑައިގަތުމަކަށް އެމްޕީއެލުން ކޮށްދިން ކަމެއް ކަމަށެވެ.

އެމްޕީއެލްގެ އަބަދުވެސް ވިސްނުމަކީ އިޖުތިމާއި ގޮތުން ވެދެވެން އޮތް އެހީތެރިކަމެއް ކައުންސިލަށް ފޯރުކޮށްދިނުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލާ ކެރޭނު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސީއީއޯ ވަޖީހު ވާހަކަ ދައްކަވަނީ. ފޮޓޯ: ހުވަދޫ މީޑިއާ

މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކެއް. ރައީސްގެ އެ ވިސްނުމާ އެއްގޮތަށް އެމްޕީއެލްްގެ މަސައްކަތް ބައްޓަންކޮށް ހުޓުމެއްނެތި މަސައްކަތް ކުރިއަށް ގެންދާނަން.

އިހަވަންދޫ ކައުންސިލުގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ
މިއީ މިހާތަނަށް އެދުނު ކަމެއް މިހާއަވަހަށް ފުރިހަމަވި ފުރަތަމަ ފަހަރު ކަމަށެވެ.

އަޅުގަނޑުމެން އެދުނީ ކައުންސިލަށް ކެރޭނެއް ހަދިޔާ ކޮށްދެއްވުމަށް . 30 ދުވަހުގެ ތެރޭގައި މި ކައުންސިލަށް ކެރޭން ލިބިގެން މިދިޔައީ.

ކައުންސިލުގެ ރައީސް ވިދާޅުވީ ކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކޮށްދޭ މީހުން ކަން ކުރާނެ ގޮތަކީ މިއީ ކަމުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!