ގދ. ތިިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ގެންގުޅުއްވާ ޕްލޭނުގެ ދަށުން މިއަހަރުތެރޭގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މުޅި ހުވަދު އަތޮޅަށް ފައިދާ ކުރާނެ ކަމަށާއި، މި މަސައްކަތް ފަށަން ފައިސާ ހޯދުމުގެ މަސައްކަތަށް ދަނީ ތައްޔާރު ވަމުން ކަމަށެވެ.
އެހެންކަމުން މި މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތަށްދަނީ ތައްޔާރުވަމުން ކަމަށްވެސް ޙަލީލް ވިދާޅުވިއެވެ.
“ބައެއް ވެންޑަރުންނާ އަޅުގަނޑު ވާނީ ވާހަކަދައްކާފައި އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި. ނަމަވެސް މިކަމުގައި ގޮންޖެހުންތައް އެބަހުރި. އެއް ކަމަކީ ޖާގައިގެ ދަތިކަން. އަނެއް ކަމަކީ ދައުލަތުގެ މާލީ ހާލަތު ދަށްވުން. ” މިނިސްޓަރު ޙަލީލް
ޙަލީލް ވިދާލުވީ މިހާރު މާލީ ހާލަތުވެސް ރަނގަޅުވަމުން އަންނައިރު އަންނަ އަހަރު ތެރޭގައި މި ޚިދުމަތް ތަޢާރަފު ކުރެވުމަކީ އެކަށީގެންވާކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.