ރާއްޖެއަށް ދެ ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނު ފިރިހެނެއްގެ މައްޗަށް ދައުވާކުރަން އަންނަ ހަފުތާގައި ކޯޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ރާއްޖެ އައިއިރު ގެނައި ލަގެޖުން ދެ ކިލޯއަށްވުރެ ގިނަ ހެރޮއިން ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ މޮލްވި މުޙައްމަދު ހާރޫން (49 އ) ކިޔާ މީހެކެވެ.
އިތުރު 20 ދުވަސް ވަންދެން މޮލްވި މުޙައްމަދު ހާރޫން ބަންދުގައި ބަހައްޓަން އަމުރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، މި މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ހުށަހަަޅާފައިވާ ކަމަށާއި، އަންނަ ހަފުތާގައި ކޯޓަށް ދައުވާ ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލާގައި އިތުރު ފަރާތްތަކެއް ހިމެނޭ ކަމަށް ވެސް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.