ޚަބަރު
ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ހުޅުވައިލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މިއަދު ބުނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފައިވާ ކަމަށެވެ.

މި ފުރުސަތު ހުޅުވާލައިފައިވަނީ މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.
  • 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 ފުރިފައިނުވުން.

ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ކޯހާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
  • އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 ފުރިފައިނުވުން.

މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ 13:30 ކަމަށެވެ.

މި ސްކޮލަރޝިޕް ފުރުސަތާގުޅޭ އިތުރު މައުލުމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1474 އަށް ގުޅުމަށް ނުވަތަ schol@mohe.gov.mv އަށް އީ-މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!