ޚަބަރު
ފެނަކަ- އަށް ރައްޔިތުންގެ އިތުބާރު ލިބިގެން ދާނެ ކަމުގެ ފެހި ސިގްނަލް

ފެނަކަ ކޯޕަރޭޝަން ލިމިޑެޓް އުފެދި ވުޖޫދަށް އައީ މީގެ އަހަރުތަކެއް ކުރިން ރައީސް ޔާމީންގެ ސަރުކާރުގައެވެ. އޭރުއްސުރެވެސް ފެނަކައިންދިޔައީ ރައްޔިތުންނަށް ގިނަ ގުނަ ހިދުމަތްތަކެއް ދެމުންނެވެ. ފެނަކަ އޮތީ އޭރުއްސުރެން ފެށިގެން ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ހިދުމަތްދޭ އަދި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ފާލަމެއްގެ ގޮތުގައެވެ.

ނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެ ފާލަމުގަ ރެނދުއަޅާ ރެނދުތައް ފޫނުބެއްދޭ ވަރަށް ބާގަނޑު ހެދި ބޮޑުވަމުން ދިޔައެވެ. ހަގީގަތް އެނގި ވާނުވާގަތިބި ރައްޔިތުންނަށް މަޖުބޫރުވީ ތުން ފިއްތައިގެން ތިބުމަށެވެ. ނަމަވެސް ފެނަކައަށް ލިބެމުންދިޔަ ގެއްލުންތަކަށް ދޫނުދެވޭނެ ކަމަށް ރައްޔިތުން ބުނަން ފެށިއެވެ. ޤަބޫލުކުރަން ދަތި ހާލަތުގައި ތިބި ރައްޔިތުންގެ ފާޑުކިއުންތައް އާމާޒުވާން ފެށިއެވެ. ކޮރަޕްޝަނުގެ ހާއްޔެއްގެ ގޮތުގައި އޮތް އެ ކުންފުނި ރައްޔިތުންގެ ކުންފުންޏަކަށް އަބުރާ ގެނެވޭނެ ގޮތެއް ވިސްނަމުންދިޔައެވެ. އެ ރައްޔިތުން މޮޅު ގޮތެއް ހޯދަން ފެށި ދަތުރުގަ އެ އަނދަވަޅުން މިންޖުވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި އެކުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭރުގެ ފެނަކަ އެމްޑީ އަހުމަދު ސައިދު (މައިފޫނާ ސައީދު) -ހުންނަވައިގެން ފެނަކައަށްވި އިހުމާލުން އެ ކުންފުނި އަރިއަޅާލަމުންދިޔަ ދިއުން ނިމުމަކަށް ގެނެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް ކުޑަކުޑަ އުއްމީދެއް ލިބުނެވެ. ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ފެނަކައަށް އުއްމީދުތަކާއެކު ދިރުންގެނައުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ ކަރުތާފެނުން ބޯ ވަތަށް ވެއްޓިފައިއޮތް ފެނަކަ އަށް ރަސްމީ ސިފައެއްގާ ހެޔޮބަދަލުތަކެއް ގެނައުމަށް މަސައްކަތްތައް ފެށުމެވެ.

އެ މަސައްކަތާ ސަރުކާރުން ހަވާލުވެ މާ ސިންގާ ބިޔަ ކަނޑުގެ އޮއިބާނިތަކާ ގަދަ އޮޔާއެކު ދަތުރުކުރަން ޖެހިފައޮތްވާ ކަނޑަށް ގަދަ މާލިމީއެއް ހޮވުމުގެ މަސައްކަތް ފެށިއެވެ. މި ދަތުރުގައި އަނިޔާތަކާ ހާނީއްކަ ވާނެކަން އެނގިހުރެވެސް ފެނަކަ އޮޑީގެ ސަމުގާގެ މިސްރާބު ބަދަލުކުރީ ހިތްވަރުގަދަ ލީޑަރެކެވެ. ހަގީގަތަށް ބުނާނަމަ ފަންވަރު ހުރި ފިސާރި ކެޔޮޅެވެ. މާ ކަނޑަށްގަދަ ހިކުމަތްތެރިއެވެ.

ފެނަކަ ވުޖޫދުގެ ދަށުން ފެނަކައަކީ ޒަމާނީ ކުރެވޭނެތަނެވެ. އާމްދަނީ ވަންނަ މަގު ހުޅުވިފައި އޮތްތަނެވެ. ނަމަވެސް ދައުލަތުގެ ހަރު މުދަލެއްގެ ގޮތުގައި އޮތް ފެނަކައިގެ ހިތަށް ބަޔަކު އަތްބާނާ ލޭ ކޮށާލާފަވުމުން އެފާރުގަނޑު ރަނގަޅު ކުރުމަކީ ވިސްނުން  ތެރިކަމާއެކު ކޮށްގެން ނޫނީ ނުވާނެ ކަމެއްކަމަށް ފެނައިގެ ހިކުމަތްތެރި ކެޔޮޅު ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ހުރީ ދަނެގެންނެވެ.

އެހެންކަމުން އޮޔާ ދެކޮޅަށް ފަތަމުން އެ ގެންދަނީ ފެނަކަ ޒަމާނީ ކުރުމާއި ފެނަކައަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެތައްބަޔަކު ޤަބޫލު ކުރާ ހާލަތުގައެވެ. ސަބަބަކީ ފާއިތުވި އަހަރުތަކުގައި ފެނަކައަށް ވަރަށް ބޮޑަށް ބަޔަކު އިހުމާލުވެ ފެނަކަ ދަރިނިވެރި ކުރުވާފަވުމެވެ.

ފެނަކަ އެމްޑީ މުހައްމަދު ރަޝާދު/ފޮޓޯ : ފެނަކަ

ފެނަކަ ޒަމާނީ ކުރުމުގެ ވިސްނުމުގެ ދަށުން އެ ކުންފުނި އޮތީ މެކުހަށް ޖަހާފައެވެ. އެހެންކަމުން މިކަންކަން ހަރުދަނާ ކުރުމަށް ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ވެސް މިހާރު ވަނީ ތަޢާރަފް ކޮށްފައެވެ. ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވޭނެ ގޮތް ވެސް މިހާރުވަނީ ގާއިމްކުރެވިފައެވެ.

ގިރުބާގެ ނަމުގަ ޕޯޓަލްއެއް ތައާރަފްކުރެވި ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް ވަނީ ތަޢާރަފް ކުރެވިފައެވެ. ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ވެސް ތ. އަތޮޅުގައި ވަނީ މިހާރު ގާއިމްކުރެވިފައެވެ. އަދި  މި ހުރިހާ ކަމަކާއެކު ކަރަންޓު މީޓަރުތައް ސްމާރޓް މީޓަރަށް ބަދަލުކުރުން ވެސް ދިއުންވެސް ހިމެނިގެންދެއެވެ.

މިހާރުވެސް ދ. ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން ވަނީ ފަށާފައެވެ.

ފެނަކަ ކުންފުނީގެ އައިސީޓީ ޑިޕާޓްމެންޓުގެ ޑިރެކްޓަރު މުހައްމަދު ސާމީން ވިދާޅުވީ ފެނަކަ ޖިޑިޓަލް ކުރުމުގެ ވާހަކަ ދެކެވެންފެށީންސުރެ އެންމެ ފުރަތަމަވެސް ވިސްނީ މެނުއަލްކޮށް  އެ މަސައްކަތް ކުރެވޭނެ ގޮތެއް ބަލާ ހޯދުން ކަމަށެވެ. އަދި އޮޓަމޭޓްކޮށް ކުރެވޭނެ ގޮތަކާމެދުގައި ވެސް ވިސްނިކަމަށެވެ. އެހެންކަމުން އެ ވިސްނުންތަކާއެކު އެންމެ ބޮޑު ޗެލެންޖަކަށް ދިމާވީ ރިއަލްޓައިމްކޮށް ބުރާންޗްތަކުން ކުރަމުން އައި ކަންކަން ހެޑް އޮފީހުގެ ސްޓާފުންނާ ހަމައަށް ގެނެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކަމަށެވެ. މިކަންކަންވެސް އެންމެ އެދެވޭ ގޮތެއްގައި ގާއިމްކުރުމަށް ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް ސާމިން ވިދާޅުވިއެވެ.

ފެނަކައިގެ ދުވެލި ހަރުދަނާވެ ފެނަކަދަނީ މެކުހަށް ޖަހަމުންނެވެ. ފެނައަށް ގެނެވޭ ބަދަލުތަކާއެކު ފެނަކައިން ރައްޔިތުންނަށްދެވޭ ހިދުމަތް ދަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ އުޖާލާ ކުންފުންޏެއްގެ މަލިމަތި ފެނި އިޤްތިސާދު ކުރެވޭ ހަރުދަނާ ކުންފުންޏަކަށް ފެނަކަދަނީ ބަދަލުވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!