އެނީމިޔާއަކީ ލޭގައި ހިމެނޭ ރެޑް ބްލަޑް ސެލްތައް ހަށިގަނޑަށް އެކަށީގެންވާ މިންވަރަށްވުރެ މަދުވުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ހާލަތެކެވެ.
އަޔަން ނުވަތަ ދަގަނޑަކީ ލޭގެ ސެލްތަކުގައި ހިމެނޭ ހީމޮގްލޮބިން އުފެއްދުމަށް ކޮންމެހެން ބޭނުންވާ އެންމެ މުހިންމު މިނެރަލްތަކުގެ ތެރެއިން އެއް ބާވަތެވެ.
އަޔަން ޑެފިޝެންސީ އެނީމިޔާއަކީ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު މަދުވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. ހީމޮގްލޮބިނަކީ ހަށިގަނޑުގެ އެންމެހައި ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދޭ އަސާސީ މާއްދާއަކަށްވުމާއެކު، މި ބާވަތުގެ އެނީމިޔާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އުފުލުމުގެ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ވަރުބަލިކަމާއި ނޭވާ ކުރުވުންފަދަ އަލާމާތްތައް ފާހަގަކުރެވެއެވެ.

އެނީމިއާ…..
ބަލީގެ އަލާމާތްތައް:
- ހަށިގަނޑުގައި ދަގަނޑުގެ މިންވަރު މަދުވިޔަސް ބަލީގެ އިބްތިދާއީ މަރުޙަލާގައި އެއްވެސް އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ދަގަނޑުގެ މިންވަރު މަދުވުމުގެ ސަބަބުން ލޭ ދަށްވާ ހާލަތުގައި އެކި އަލާމާތްތައް ފާހަގަކުރެވިދާނެއެވެ.
- މީގެ ތެރޭގައި ހަށިގަނޑު ދޮންވެ ކުލަ ފޫޑުވުމާއި، ވަރުބަލިކަން އިޙްސާސްކުރުމާއި، ހަށިގަނޑުގެ ބާރު ދެރަވުން ހިމެނެއެވެ.
- މީގެ އިތުރުން ހިތުގެ ވިންދު އަވަސްވުމާއި، ނޭވާ ކުރުވުމާއި، ބޯ އެނބުރުމާއި، ބޮލާއި މޭގައި ރިއްސުން ފަދަ ކަންކަން ވެސް ދިމާވެދާނެއެވެ.
- އަދި އަތްފައި ފިނިވުމާއި، ކެއުމުގެ ރަހަ ގެއްލުމާއި، ޕައިކާ (ގަނޑުފެން، ހަނޑޫ، ޗޯކު ފަދަ އާންމުކޮށް މީހުން ކައިނޫޅޭ ތަކެއްޗަށް ދެވިހިފުން) ފަދަ ކަންކަން ވެސް މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެނީމިޔާއަކީ……. ކޮބައިބާ….
ބައްޔަށް ހުށަހެޅޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި
- ލޭ މަދުވުން:
- ކާނާގައި ދަގަނޑުގެ ބައި މަދުވުން:
- ދަގަނޑުގެ ބައި ލޭގެ ތެރެއަށް ނުދިޔުން: ކާބޯތަކެތީގައި ހިމެނޭ ދަގަނޑުގެ ބައި ލެޔަށް ދަނީ ކުޑަގޮހޮރު މެދުވެރިކޮށެވެ.
- ދިވެހިންގެ ތެރޭގައި އާންމު އާދައެއްކަމަށްވާ ކެއުމާއެކު ކަޅުސައި ބޭނުންކުރުމަކީވެސް ކާބޯތަކެތީގައި ހިމެނޭ ދަގަނޑުގެ ބައި ލެޔަށް ނަގައިދިނުމަުމަށް ހުރަސްއަޅާ ސަބަބެކެވެ.
- ބަލިވެ އިނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާގެ ނިސްބަތް އިތުރުވާނެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ދަގަނޑުގެ ބައި ހިމެނޭ ސަޕްލިމެންޓެއް ބޭނުންކުރުން މުހިންމެވެ. އެހެންނޫންނަމަ މި ހާލަތު ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.

އަޔަން ޑެފިޝެންސީ؛ އެނީމިޔާ ރަނގަޅުކުރެވޭނެ
އަޔަން ޑެފިޝެންސީ؛ އެނީމިޔާ އަކީ އާންމު ގޮތެއްގައި ފުރާނައަށް ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް، އެކަށީގެންވާ ފަރުވާއެއް ނުލިބި ދިގު މުއްދަތަކަށް ދެމިގެންދާނަމަ، އޭގެ ސަބަބުން އިތުރު ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެއެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި، މާބަނޑު މީހުންގެ ބަލިވެއިނުމުގެ މުއްދަތު ހަމަނުވަނީސް ވިހެއުމާއި، ވިހާ ދަރިފުޅުގެ ބަރުދަން ލުއިވުމާއި އަދި ކުޑަކުދިންގެ ހެދިބޮޑުވުން ލަސްވުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން، މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

މި ހިމަނާލާ ޖޫސް ތަކަކީ އެެނީމިއާ އިން ރައްކާތެރިވުމަށް ހަމަ އެއްވަނައިގެ ޖޫސްތަކެކެވެ.
1. ބީޓްރޫޓް ޖޫސް

ބީޓްރޫޓަކީ އެނީމިއާއިން ރައްކާތެރިކޮށްދޭ ހަށިގަނޑުގައި ދަގަނޑު އިތުރުކޮށްލަދޭނެ ބުއިމެއް……..ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- 1 ބޮޑު ބީޓްރޫޓް
- 1 އާފަލު (އިޚްތިޔާރީ)
- 1 ކެރެޓު (އިޚްތިޔާރީ)
- 1 މޭޒުސަމުސާ ލުނބޯ ޖޫސް
- ބޭނުންވާ ވަރަކަށް ފެން
ތައްޔާރުކުރާނެ ގޮތް:
ބީޓްރޫޓް، އާފަލު އަދި ކެރެޓު ދޮވުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އަދި ހުރިހާ އެއްޗެއް ކުޑަކޮށް ފެނާއެކު ރަނގަޅަށް މިކްސްޗަރުގައި އެއްކޮށްލާށެވެ.
ފުރޭންޏަކުން ފުރާނާލައި ތަށްޓަކަށް އަޅާލާށެވެ.
ލުނބޯޖޫސްފޮދު އެއްކޮށް ރަނގަޅަށް ގިރާލަށެވެ.
ބޭނުންކުރާނެ ގޮތް: ކޮންމެ ދުވަހަކު ބީޓްރޫޓް ޖޫސް ތަށްޓެއް ބޭނުން ކޮށްލާށެވެ. އެންމެ ރަނގަޅީ ހެނދުނުގެ ވަގުތެވެ.
2. ސްޕިނެޗް ސްމޫތީ

ސްޕިނެޗް ފަތާއި ދޮންކޭލާއި ޗިއާސީޑަކީ ދުޅަހެޔޮ ސިއްހަތަކަށް ފައިދާ ހުރި އެނީމިއާއިން ރައްކާތެރިކޮށްދޭނެ ބާވަތްތަކެއް………ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- 1 ތަށި ސްޕިނެޗް ފަތް
- 1 ދޮންކެޔޮ
- 1 އާފަލު
- 1 ތަށި އަލްމަންޑް ކިރު (ނުވަތަ އެހެން ކިރެއް)
- 1 މޭޒުސަމުސާ ޗިއާ ސީޑްސް (އިޚްތިޔާރީ)
ތައްޔާރުކުރާނެ ގޮތް
ސްޕިނެޗް ފަތްތައް ރަނގަޅަށް ދޮވެލާށެވެ. ދޮންކޭލާއި އާފަލު ކޮށާލުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑަރުގައި އެއްކޮށްލާށެވެ.
ބޭނުންކުރާނެ ގޮތް: މި ސްމޫތީ ހެނދުނުގެ ނާސްތާއަކަށް ނުވަތަ ދުވާލުގެ ލުއި ކެއުމަކަށް ބޭނުންކުރުން އެންމެ ރަނގަޅު ކަމަށްވެއެވެ.
3. ޕްރޫން ޖޫސް

ޕްރޫންސް އަކީ ދުޅަހެޔޮ ސިއްހަތަކަށް ފައިދާ ހުރި އެނީމިއާއިން ރައްކާތެރިކޮށްދޭނެ ބާވަތެއް………ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- 1 ތަށި ޕްރޫން
- 2 ތަށި ފެން
ތައްޔާރުކުރާނެ ގޮތް:
ޕްރޫން ރޭގަނޑު ފެނުގައި ބަހައްޓާލާ.
ފެނުގައި ބެހެއްޓި ޕްރޫން ފެނާއެކު ރަނގަޅަށް ބްލެންޑަރުގައި އެއްކޮށްލާށެވެ.
ބޭނުންވެއްޖެނަމަ ފުރޭންޏަކުން ފުރާނާލުން އެންމެ ރަނގަޅެވެ.
ބޭނުންކުރާނެ ގޮތް: ކޮންމެ ދުވަހަކު ޕްރޫން ޖޫސް ތަށްޓެއް، އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުގައި ބުއިމެވެ.
4. ޕަމްޕްކިން ސީޑް ސްމޫތީ (ބަރަބޯއޮށުގެ ސްމޫތީ)

ޕަމްޕްކިންސީޑްއަކީ ދުޅަހެޔޮ ސިއްހަތަކަށް ފައިދާ ހުރި އެނީމިއާއިން ރައްކާތެރިކޮށްދޭނެ ބާވަތްތަކެއް………ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- 1/4 ތަށި ޕަމްކިން ސީޑްސް (ބަރަބޯ އޮށް)
- 1 ތަށި ޔޯގަޓް
- 1 ދޮންކެޔޮ
- 1/2 ތަށި ބެރީސް (އިޚްތިޔާރީ)
- 1 މޭޒުސަމުސާ މާމުއި (އިޚްތިޔާރީ)
ތައްޔާރުކުރާނެ ގޮތް:
ޕަމްކިން ސީޑްސް ރޭގަނޑު ފެނަށް އަޅާފައި ބަހައްޓާށެވެ. ހެނދުނު ފެން އެތި ބަދަލުކޮށް ސާފުކޮށް ދޮވެލާށެވެ.
ދޮންކޭލާއި ބެރީސްއާއި ޔޯގަޓް އަދި ބަރަބޯއޮށާއެކު ރަނގަޅަށް މިކްސްޗަރުގައި އެއްކޮށްލާށެވެ.
ބޭނުންކުރާނެ ގޮތް: މި ސްމޫތީ ފައިދާހުރި ލުއި ކެއުމަކަށް ނުވަތަ ހެނދުނުގެ ނާސްތާއަކަށް ބޭނުންކުރުން ރަނގަޅެވެ.
5. އަޔަން-ފޯޓިފައިޑް އޮރެންޖް ޖޫސް

އަޔަންފޯޓިފައިޑް ޖޫޙަކީ ހަށިގަނޑުގައި ދަގަނޑު އިތުރުކޮށްލަދޭނެ ބުއިމެއް………ފޮޓޯ:ފްލަޔަރ
ބޭނުންވާ ތަކެތި:
- 1 ތަށި އަޔަން-ފޯޓިފައިޑް އޮރެންޖް ޖޫސް
- 1 މޭޒުސަމުސާ ލުނބޯ ޖޫސް (އިޚްތިޔާރީ)
ތައްޔާރުކުރާނެ ގޮތް:
އޮރެންޖު ޖޫހަށް ވިޓަމިންސީ އެއްކޮށްލާގައި ލުނބޯޖޫސް ސަމުސާއެއްކޮށް ގިރާލާށެވެ.
ބޭނުންކުރާނެ ގޮތް:
ކެއުމުގެ ތެރޭގައި އަޔަން-ފޯޓިފައިޑް އޮރެންޖް ޖޫސް ތަށްޓެއް ބުއިމަކަށް ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެމެވެ.
ހަށިގަނޑަށް ދަގަނޑު އިތުރު ކުރުމަށް މި ބުއިން ވެސް އެހީތެރިވެދޭނެއެވެ.

