ބޭނުންވާ ތަކެތި:
- 3 މުރަނގަތޮޅި
- 1 ފިޔާ
- 2 ލޮނުމެދު
- ¼ އިންޗި އިނގުރު
- ފެން – 3 ޖޯޑު
- ލޮނު – 1 ސައިސަމުސާ (ރަހަލާވަރަށް)
- ގިތެޔޮ މިރުސް – ¼ (ރަހަލާވަރަށް)
- ހިކަނދިފަތް – 10 ވަރަކަށް ފަތް
- ރާނބާ – 3 އިންޗި
- ވަޅޯމަސް (ކޮށާފައި) – ½ ޖޯޑު
- ހުތް އަނބު (ކުދިކޮށް ތުނިކޮށް ކޮށާފައި) – 1 މޭޒުމަތީ ސަމުސާ
- ބޯކިރު – ¼ ޖޯޑު
- ރީނދޫ – ½ ސައިސަމުސާ

މުރަނގަތޮޅި ރިހަ…….ފޮޓޯ: މައިރެސިޕީސް
ތައްޔާރުކުރާނެ ގޮތް:
މުރަނގަތޮޅި ދޮވެ ސާފުކުރުމަށްފަހު، ތޮށިމަށައި 3 އިންޗީގެ ދިގުމިނަށް ކޮށާލާށެވެ.
ފިޔާ ކޮށާލުމަށްފަހު، އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ.
ތެއްޔަކަށް މުރަނގަތޮޅި، ފެން އަދި ލޮނު އަޅާށެވެ. މެދުމިނުގައި ގިނި ބަހައްޓައިގެން މުރަނގަތޮޅި މަޑުވަންދެން ގާތްގަނޑަކަށް 15 މިނެޓު ވަންދެން ކައްކާށައްކާށެވެ.
މުރަނގަތޮޅި މަޑުވުމުން, ފިޔާ، ލޮނުމެދު، އިނގުރު، ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ވަޅޯމަސް، ހުތް އަނބު، ބޯކިރު އަދި ރީނދޫ ތެއްޔަށް އަޅާށެވެ.
ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު، ތެލީގެ މަތި ޖަހައި، މަޑު ގިނީގައި ގާތްގަނޑަކަށް 10 މިނެޓު ވަންދެން ކައްކާށެވެ.
ނިންމާލުމުގެ ކުރިން ރަހަ ހެޔޮވަރުތޯ ބަލާލާށެވެ.

