ފްލައިޓްގަ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވާނެ ގޮތާއި އަދި އަލިފާން ނިއްވާލެވޭނެ ގޮތުގެ ތަމްރީން ޕްރޮގުރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އައިލެންޑް އޭވިއޭޝަން ސަރވިސްގެ ޕައިލެޓުންނަށް ހިންގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި 6 ޕައިލެޓުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ފަޔަރ އެވެއާނަސް ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންދެވިފައެވެ.

އަލިފާން ނިއްވާލެވޭނެ ގޮތުގެ ތަމްރީން ޕްރޮގުރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އައިލެންޑް އޭވިއޭޝަން ސަރވިސްގެ ޕައިލެޓުންނަށް/ފޮޓޯ: އެމްއެންޑީއެފް
މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެތަކެތި އަމަލީ ގޮތުން ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.
ޕައިލެޓުންނަށް ހިންގި މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.