ކުޑި ކޮޅުތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން މަނާ ކޮށްފައިވާ ކޮފްސީ ސިރަޕްއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ހުއްދަ ދީފި އެވެ.
މި ކަމާ ގުޅިގެން އެ އޮތޯރިޓީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާކެޓުން ލިބެން ހުރި ބެޗްތަކުގެ ސާމްޕަލް ނަގާ އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް އެ އޮތޯރިޓީ އިން ބަލާފައިވާ ކަމަށާއި އެ ކޮފްސީ ސިރަޕްގައި މައްސަލައެއް ނެތްކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ވުމާއެކު މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކައި އެ ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީ އިން ދީފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މި ބޭހުގައި ކުނޑި ކޮޅުތަކެއް ހުރިކަން ފާހަގަކުރެވިގެން ރާއްޖެއަށް އެތެރެކޮށް ވިއްކުން މިދޔަ އޮގަސްޓްމަހުގެ 19 ގައެވެ.
މި ކަމާއި ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީ އިން އެދިފައި ވެއެވެ.
މި ބޭހަކީ ކެއްސާތީ ބޯ ބޭހެކެވެ. ހާއްސަކޮށް މިއީ ނޭވާއަށް އުނދަގޫވާމީހުންނާއި ފުއްޕާމޭގެ މައްސަލަ ހުންނަ ފަރާތްތައް އަރިދަފުސްރޯގާ ޖެހި ކެއްސާނަމަ ބޭނުންކުރަން އެންމެ ރަނގަޅު އެއް ވައްތަރު ކަމަށްވެއެވެ.