ޚަބަރު
ފަންނީ ބޭފުޅުންގެ ލަފަޔާއެކުނޫނީ ކުންފުންޏަށް ބޭނުންވާ މުދަލެއް ގަނެފަ ނުވާނެ: ފެނަކަ

ކުންފުންޏަށް ބޭނުންވާ ސްޕެއާރ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރިކިއުމެންޓް ޕްލިސީގައިވާ ގޮތުގެ މަތީން ކަމަށާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކުނޫނީ ކުންފުންޏަށް ބޭނުންވާ މުދަލެއް ގަނެފަ ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމަޔަށް ބާރުލިބިދޭ ގޮތަށް އެކުލަވާލާފައިވާ އިޖްރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތައް ފުރިހަމަ ކުރެވިގެން ކަމަށެވެ.

ނަމަވެސް ކުންފުނި ބަދަދުނާމުވާ ގޮތަށް ފަތުރާ ވާހަކަތަކާއި ދައްކާ ވާހަކަތައް ދޮގު ކުރާ ކަމަށާއި، ފޭކް ސްޕެއާއރ ތަކެއް ބޮޑު އަގުގައި ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަނގީގަތާ ޙިލާފު ވާހަކަތަކެއް ކަމަށެވެ. ފެނަކަ ކުންފުންޏަށް ބޮޑުއަގުގައި ގަތް ކަމަށް ބަޔާންކޮށް ނުހިނގާ ކަމެއް ހިނގި ކަމެއް ގޮތުގައި ފަތުރަމުންދާ ހަބަރަކީ ކަނޑައެޅިގެން އޮޅުވާލާފައިވާ އޮޅުވާލުމެއް ކަމަށްވެސް ބުނެފައި ވެއެވެ،

“ފަންނީ މުވައްޒަފުންނަށް ލިބިދޭ ބާރުގެ ދަށުން ހުރިހާ މަރުހަލާއެއް ފުރުހަމަވެގެން އަންނަ އިރު، ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި، އަގު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި، ވަގުތާއި ހާލަތަށްވެސް ރިޔާއަތް ކުރެވޭނެ” ފެނަކަ

އަދި އެ މެނޭޖްމެންތް ކުންފުންޏާއި ހަވާލުވިއިރު، އަމަލުކުރެވެމުންދިޔަ ޕްރޮކިއުމެންޓް އުސޫލުގައި ހުރި ގެއްލުންތައް ހުއްޓުވައި އުސޫލުވަނީ ހަރުދަނާ ކުރެވިފައި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެގެ ގޮތުން ފެންވަރު މުދަލުން ހިދުމަތް ދެމުންދިޔަ ވެލްޑަރުން ބްލެކް ލިސްޓް ކުރެވެނު ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

މިކަން މިގޮތަށް ކޮށްފައިވަނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުންފުނީގެ ފަންނީ މުވައްޒަފުންގެ ލަފަޔާއެކު ކަމަށާއި، އަދި ދިމާވާނެ ގޮންޖެހުންތައް ވެސް ދެނެހުރެގެން ކަމަށެވެ. މިހެންކަމުން ފެންވަރުދަށް މުދަލުން ހިދުމަތް ދީފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފެންކައިން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!