ޚަބަރު
ސޫދާންގައި ހުންނަވާ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި

ސޫދާންގައި ހުންނަވާ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. މިކަން ސަރުކާރުން ކުށްވެރިކުރެއްވީ މިއަދު ދިވެހި ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މި ހަމަލާއަކީ ވިއެނާ ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށްަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މުޢާހަދާތަކުން ޑިޕްލޮމެޓިކް ތަންތަނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ރައްޔިތުންނާއެކު ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ހަމަލާ ދެވުނު ތާރީޚާއި ގަޑި އަދި ހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު ޚާރިޖީ ވުޒާރާގެ ބަޔާނުގައި ހިމަނުއްވާފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާއަކީ ސޫދާންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ހިނގި ކަމެއްކަމަށް ލަފާކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!