ޚަބަރު
ޕީޖީ އޮފީހަށް ޝަކުވާ ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް ހުޅުވާލައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ ބައެއްގެ ޝަކުވާތައް ނުރަސްމީކޮށް ލިބެމުންދާތީ، މި ފުރުޞަތު ހުޅުވާލެއްވީ ކަމަށެވެ. އަދި މި ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، އާންމުކޮށް އެ އޮފީހަށް ލިބެނީ ކުރިން ކޮށްފައިވާ ދައުވާތަކާ ގުޅުންހުރި ޝަކުވާތަކާއި، މައްސަލަތައް ލަސްވުމާއި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ލުއި ހޯދަން އެދޭ ޝަކުވާތައް ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު ޝަކުވާ ބަލަންވީ ސަބަބު ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށާއި، އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ނިންމުމެއް ބަދަލުކުރައްވާނަމަ ސަބަބުތައް އާންމުކޮށް ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ، އަމިއްލަފުޅަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށެވެ. މިގޮތަށް ނިންމެވި ސަބަބަަބަބަކީ، އަމިއްލަފުޅަށް މައްސަލަތައް ރިވިއު ކުރައްވައިފިނަމަ، އަމިއްލަ މަޞްލަޙަތަކަށް މައްސަލަތައް ބައްލަވާކަމުގެ ތުހުމަތު ކުރެވިދާނެތީ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެ އޮފީހުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ބައެއް އުޞޫލުތައް އިސްލާހު ކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!