ޚަބަރު
އިންޑިޔާއިން އުފައްދާ ބޭސްތަކެއްގައި މައްސަލައެއް އުޅޭތީ ސަމާލުވުމަށް އަންގައިފި

އިންޑިޔާއިން އުފައްދާ ބޭސްތަކެއްގައި މައްސަލައެއް އުޅޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ބުނެފައިވަނީ އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ގިނަ ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށާއި އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯ އިން  އެލާޓް ކޮށްފައިވާ ކަމަށެވެ. 

އެގައުމުގެ އެ އިދާރާއިން މި އެލާޓު ނެރުމާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމުގެ މަސައްކަތް އެ އިދާރާއިން ކޮށްފައިވާ ކަމަށެވެ. އެގޮތުން މާރކެޓް އިވެލުއޭޝަން ހަދައި ބެލިބެލުމުން މިލިސްޓްގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގް ލިސްޓް ގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއްކަމާއި، ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

ސީޑީއެސްސީއޯ އިން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވެސް ޔަގީންކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީ އިން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން އެ އޮތޯރިޓީގެ އިއުލާނުގައި ބުނެފައިވަނީ އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވާތީ ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ  މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެދެއެވެ. ސީޑީއެސްސީއޯ އިން އާންމު ކޮށްފައިވާ ލިސްޓު އެމްއެފްޑީ އިން ނެރެފައިވާ އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވެއެވެ. 

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!