ދައުވާތަކާއި، ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހުޅުވާލައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މިހާރު ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މުރާޖައާކުރުމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހާއި، އެ އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ.