ޚަބަރު
ވަޒީރު ސަޢީދު، “އަލްމުންޝާތު” ގެ ގަވަރުނަރާ ބައްދަލުކުރައްވައިފި

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސަޢުދީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީ، “އަލްމުންޝާތު” ގެ ގަވަރުނަރު ސާމީ އަލްޙުސައިނީ އާ ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ސަޢީދު، އަލްމުންޝާތުގެ ގަވަރުނަރު ސާމީއާ ބައްދަލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލްމުންޝާތަށް ކުރެއްވި ޒިޔާރަތުގައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި ސާމީ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މައުލޫމާތު، ވަޒީރު ސަޢީދާ ހިއްސާކުރައްވައިފައެވެ.

އަދި ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސަޢޫދީގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ސަޢޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޒީރު ސަޢީދު ވަނީ ރިޔާޟު ޗެމްބާރއަށް ޒިޔާރަތް ކުރައްވައި ޗެމްބަރގެ ޗެއާމަން ޢަބްދުﷲ އަލް އުބައިކާންއާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ވަޒީރު ސަޢީދު ވަނީ ދިވެހިރާއްޖޭގައި ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓްމެންޓްތައް އިތުރުކުރުމާގުޅޭ ގޮތުން ސަޢޫދީގެ އިންވެސްޓްމެންޓާ ބެހޭ ވުޒާރާއާއެކު މަޝްވަރާ ކުރައްވައިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!