ޚަބަރު
ގެވެށި އަނިޔާގެ ސަބަބުން މުޖުތަމައު ވިއްސިވިހާލިވާ ތަން ބަލަން ނުތިބެ، ވިސްނައި ފިޔަވަޅު އަޅާންޖެހޭ: ޚުޠުބާ

ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ހަލާކުވެ މުޖުތަމައު ވިއްސިވިހާލިވާ ތަން ބަލަން ނުތިބެ، އެކަމާމެދު ފިޔަވަޅު އަޅާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ޚުޠުބާ ދީފައިވަނީ ”ގެވެށި އަނިޔާ” މި މަޢުޟޫއުގެ މައްޗަށެވެ.

އަނިޔާގެ ހުރިހާ ވައްތަރެއް އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާކަން ފާހަގަކޮށް، ޚުޠުބާގައި ބުނެފައިވަނީ ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެތެރޭގައި ހިމެނޭ އެއް ބާވަތް ކަމަށެވެ. އަދި މިކަމަކީ މުޖުތަމައުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެކަމާމެދު ކަންބޮޑުވެ، އެކަން ހުއްޓުވުމަށްޓަކައި އަޑުއުފުލަމުންދާ މައްސަލައެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ ފިރީން އަނބިންނަށް، އަނބީން ފިރިންނަށް ކުރާ އަނިޔާއާއި، މައިބައިފައިން ދަރިންނަށް، ދަރިން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާއެވެ.

ޚުޠުބާގައި ބުނެފައިވަނީ މުސްލިމް މުޖުތަމައުއަކީ ރަހްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމައުއެއް ކަމަށާއި،
އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސްކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށެވެ.

މުސްލިމް އަންހެނާއަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއްބައި ކަމުގައިވާއިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް ނުވަތަ މައިންނަށް ނުވަތަ އުޚުތުންނަށް ނުވަތަ ދަރިންނަށްވާއިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރިން އެކަމާމެދު ކޮންމެ މުސްލިމަކު ވިސްނާންޖެހޭނެކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އެ ކަނބަލުންގެ އަގު ވައްޓައިލުމަށްޓަކައި އެ ކަނބަލުންގެ އަބުރާ ބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަ ކުރުމާއި، އެ ކަނބަލުންގެ އިއްފަތްތެރިކަމަަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނި ގޮތުގައި ކީރިތި ރަސޫލާ ދުވަހަކު ވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އަދި އެކަލޭގެފާނުގެ އެންމެ ފަހުގެ ވަސިއްޔަތްޕުޅުތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރައްވާފައި ވެއެވެ.

މީގެކުރިން ކުރި ހުކުރު ނަމާދެއްގެ ތެރެއިން. ފޮޓޯ: މިހާރު

މީގެއިތުރުން ޚުޠުބާގައި ބުނީ ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރިންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރިންގެ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުގެ ސަބަބުންނެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތު ކުރަނީ އަޚުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެ މީހުންގެ ދަރިން ހެދުމަށްޓަކައި ކަމަށާއި، ނަމަވެސް ފިރިހެނާ މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ އަނބިމީހާއާއި ދަރިންގެ ނުކިޔަމަންތެރިކަން އިތުރުވެ، އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވެ، ހިތްހަމަޖެހުން އޮންނާންޖެހޭ ގޭތެރެ ހިތްދަތިވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި، އަދި އިހާނެތިކަމެއް ވެސް ނޫންކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ހަގީގަތަށް ބަލާއިރު، ފިރިމީހާގެ ފިރިހެންވަންތަކަށް އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށާއި، އޭނާގެ ރިވެތި އަޚުލާގުގެ މަތީގައި ކަމަށެވެ.

އަނބި ދަރިންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރިން ހެއްޔެވެ. އަނބިމީހާ ވަރިކޮށްފައި، ދަރިންނަަށް ޚަަރަދު ނުދީ ފިލައިގެން އުޅެނީ ކިތައް ބަފައިން ހެއްޔެވެ. މިއީ މުޅިން ވެސް އަނިޔާތަކެވެ. މިފަދަ އަނިޔާތަކަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަންކަމެވެ. ތިމާގެ އަހުލުވެރިންނާމެދު ގިޔާމަތް ދުވަހުން މާތްﷲ ސުވާލު ކުރައްވާނެއެވެ.

ޚުޠުބާގައި ބުނި ގޮތުގައި މިފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ އީމާންކަން ބަލިކަށިވުން ކަމަށެވެ. އީމާންކަން ނެތިއްޖެނަމަ ލަދުވެތިކަމެއް ނުއޮންނާނެ ކަމަށާއި، ލަދުވެތިކަން ނެތިއްޖެނަމަ އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ގެވެށި އަނިޔާގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިއުމާމެދު ވިސްނައި ފިޔަވަޅު އަޅާންޖެހެއެވެ. މިކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި އަމަލުތައް އިތުރުވެގެންދެއެވެ. ގެވެށި އަނިޔާތައް އިތުރުވެ، އޭގެ ދާއިރާތައް ފުޅާވެގެން ގޮސް މިއަދު އެ ކަންތައްތައް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ.

ޚުޠުބާގައި ވަނީ ގެވެށި އަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވުމަށް ގޮވާލައި ނަސޭހަތްތެރިވެފައެވެ.

ގެވެށި އަނިޔާގެ ކޮންމެ އަމަލަކީ ގާނޫނާ ޚިލާފު އަމަލެއް ކަމުގައިވާއިރު، އެފަދަ އަމަލެއް ހިނގަމުންދާ ކަމަށް ނުވަތަ ހިނގާފައިވާ ކަމަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ރިޕޯޓުކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

ގެވެށި އަނިޔާ މަދުކުރެވޭނީ ނުވަތަ ހުއްޓުވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން. ފޮޓޯ: އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާ

ގެވެށި އަނިޔާގެ މައްސަލަތައް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ނަންބަރު 1421 އަށާއި، ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 119 އަށް ގުޅައިގެން ރިޕޯޓު ކުރެވޭނެއެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި މައްސަލައެއްނަމަ 1412 އަށް ގުޅައިގެން ވެސް ރިޕޯޓު ކުރެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!