ޚަބަރު
ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރޭގެވަގުތެއްގައި ހުޅުމާލެ ފޭސް 3 އިން ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން އުޅޭ ތަން ބަލައި ފާސްކުރިއިރު، ބަނގުރަލާއި ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ މީހުން ދިރިއުޅެމުންދިޔަ ހާބަރ އިންޖިނިއަރިންގ ސައިޓުތެރެއިން 324 ދަޅު ބިޔަރާއި، އެކި ބްރޭންޑްގެ 378 ފުޅި ރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 5 ލީޓަރުގެ 10 ފުޅި އަދި 500 މިލިލީޓަރުގެ 7 ފުޅިއެއްގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!