ދުނިޔެ
ޔަހޫދީންގެ ހަމަލާތަކަށް އަހަރެއް, ޝަހީދުވި މީހުންގެ އަދަދު 50,000 އަށް

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް މިއަދަށް އަހަރެއް ވެފައިވާއިރު, ހަަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50,000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ރެކޯޑު ކުރެވިފައިވާ ގޮތުގައި ޖުމްލަ 41,909 މީހަކު ޝަހީދުކޮށްލާފައިވާއިރު, 97,303 މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޝަހީދުވި އެތައް ހާސް ބަޔަކު ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ނިޔާވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކުރެއެވެ.

ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އޭގެ ފަހުން ޔަހޫދީން ވަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދީ އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްކޮށްފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ އެތައް ހާސް އިމާރާތެއް ހަލާކުވެފައިވާއިރު, މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލް ތަކަކަށްވެސް ޔަހޫދީން ވަނީ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގެ 90 އިންސައްތައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު, ބަނޑުހައިހޫނު ކަމުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދެއެެވެ.

ޔަހޫދީންގެ ވަރުގަދަ ހަމަލާތަކަށް އަހަރެއް ވެފައިވާއިރުވެސް މިހާތަނަށް ޔަހޫދީންނަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ބަލިކޮށްލެވޭ ގޮތެއް ނުވެއެވެ. އެގޮތުން މިއަދުވެސް ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ވެރިރަށަށް ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!