މަޢުލޫމާތު
ފަތިސް ތަރި: ވަގުތުގެ ބޭނުން ހިފާލުމަށް، ގަހެއް އިންދާލަމާ ހިނގާ!

ގަސް އިންދާ އެ ގަހަށް ފެންދީ އެ ގަސް ހެއްދުމަކީ ގިނަ ބަޔަކު ކުރާ ހިތުން ކުރާ ކަމެކެވެ. އަދި ވަރަށް ބޮޑަށް ޝައުގުވެރިކަމާއެކު ކުރާ ކަމެއްވެސް މެއެވެ. ހާއްސަކޮށް ވިއްސާރާ މޫސުމުގައި މި ގޮތަށް ގަސް އިންދާއުޅެއެވެ. ދަނޑުވެރިއެއް ނޫންކަމުގައިވީނަމަވެސް ގަހެއް އިންދާލެވިދާނެއެވެ.

ފަސޭހަ އިން އިންދާ އަދި އޭގެއިން މޭވާއަޅާ ގަހެއް މި ދުވަސްކޮޅުގައި އިންދާލެވިއްޖެނަމަ ވަރަށް އަވަހަށް އެއިން މޭވާ ލިބި އަމިއްލަ އަތުން އިންދި މޭވާއަކުން ގޭގެ ސުފުރާ މަތި ފަޅުވިލުވާފާނެއެވެ. މިއީ މޫސުމީ ވިއްސާރަ ދުވަސްކޮޅުވެސް މެއެވެ. އެހެންކަމުން ފިނި މޫސުމުގައި އިންދާ ހައްދާ ލެވޭ ގަހެއްގެ މައުލޫމާތަށް ބަލާލާ ނިކަން ގަހެއް އިންދާލުން ވަރަށް މުހިންމެވެ.

ޝައްކެއްވެސްނެތްގޮތުގައި ގަސްހެއްދުމަކީ ނުހަނު ފައިދާހުރި ކަމެކެވެ. އެހެންނަމަވެސް މި ޕްރޮސެސްގެ ތެރެއިން ހުރިހާ ކަމެއް ވެސް އެހާ އުނދަގޫވެއެވެ. ގަސް ހެދި ބޮޑުވާ މަންޒަރު ބަލަން ދުވަސްތައް ނަގާއިރު، ގަހުން މޭވާ ލިބޭ ދުވަހަކަށް ޖެހޭނީ ގިނަފަހަރު އިންތިޒާރު ކުރާށެވެ.

އެކަމަކު އެކަށީގެންވާ ވަގުތު ނުލިބުނަސް ނުވަތަ ވީހާވެސް އަވަހަކަށް ގަހެއް ހައްދަން ބަލަނީ ނަމަ އެޙާލަތުގައި، ގަސްތައް ހަލުވިކަމާއެކު އުފެދުމަށް ޓަކައި އެންމެ ހަރުދަނާ ގޮތަކަށް ބަލާލަން ޖެހެއެވެ.

ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ގަހަކީ މިރުސް ގަހެވެ. މިރުހަކީ ކާތަކެތީގެ ރަހަ ހެޔޮވަރު ކޮށްލުމަށް ވަރަށް ކަމުދާ އެއްޗެއްވެސް މެއެވެ. ނިކަން މި ފިނި މޫސުމުގައި މިރުސް ގަހެއް އިންދާލަން ވާނެއެވެ. ޕޮޓެއްގައި އިންދާލާއިގެން ގޭގެ ބެލްކަނީގަވެސް މިހާރު ގަސްތައް ހައްދާއުޅެއެވެ. ބޭނުންވާނީ ޕޮޓެއްގެ ތެރެއަށް ފަސް ކޮޅެއް ލުމަށްފަހު އޮށް، އޭގެ ތެރެއަށްލާ އެ ރުވަންދެން މަޑު ކޮށްލާށެވެ.

އެއަށްފަހު ގަސް ފަސްގަނޑުން ފެންނަން ފެށީމަ ދެން މަޑުމަޑުން ފެންދީ ބޮޑު ކުރަން މަސައްކަތް ކުރަންވާނެއެވެ.

މިރުސް އަޅަންދެން ގަހަށް ބޭނުންވާ ގަސްކާނާ އަޅާ ގަސް ފޯދެންދެން ވަރަށް ރަނގަޅަށް ބަލަންޖެހޭނެއެވެ. އަދި އެއަށްފަހު އޭގައި މިރުސް އެޅީމައި އެ ލިބޭ ހިތްހަމަޖެހުން އެއީ އަމިއްލަ އަށް ގަހެއް އިންދައިގެންލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެއެވެ.

ނިކަން މި ވިއްސާރަ ދުވަސްވަރާ ދިމާކޮށް ގަހެއް އިންދާމާ ހިނގާށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!