ޚަބަރު
ކުޑަކުދިން މަރުވާ ނިސްބަތް މަދުކުރެވިފައިވާތީ، ޑަބްލިއުއެޗްއޯ އިން ދޭ ޕަބްލޮކް ހެލްތުއެޗީވްމަންޓުގެ 2 އެވޯޑެއް ރާއްޖެއަށް ލިބިއްޖެ

ކުޑަކުދިން މަރުވާ ނިސްބަތް މަދުކުރެވިފައިވާތީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޭ ޕަބްލިކް ހެލްތު އެޗީވްމަންޓުގެ ދެ އެވޯޑެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑުތައް ދީފައިވަނީ މިހާރު އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކޮންމެ އަހަރަކުވެސް އާންމު ސިއްޙަތުގެ ދާއިރާއިން ހިދުމަތްކޮށްދީފައިވާ ގައުމުތަކަށް އެވޯޑު ދެމުން އަންނަ އާދަތަކާ އެއްގޮތަށް މިފަހަރުވެސް އެވޯޑުތައް ދީފައިވެއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެވޯޑު ލިބިފައިވަނީ ދެ ދާއިރާއަކުންނެވެ. އެއީ ކުޑަކުދިންގެ ތެރޭގައި ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއި، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް މަދުކުރެވިފައިވާތީއެވެ.

ހެލްތު އެޗީވްމަންޓް އެވޯޑަކީ ގައުމުތަކުން ކުޑަކުދީންގެ ސިއްޙަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކާއި އާންމު ސިއްޙަތުގެ ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް ފާހަގަކޮށްދޭ އެވޯޑެކެވެ. މި އެވޯޑު ލިބުމުން ދައްކުވައިދެނީ ދިވެހިރާއްޖެއިން ކުޑަކުދިންގެ ސިއްޙަތު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީއެވެ.

ރާއްޖެއަށް މި އެވޯޑު ލިބުމާ ގުޅިގެން ސިއްޙީ ދާއިރާގެ އިސްވެރިން ވަނީ އުފާފާޅުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!