ޚަބަރު
ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެގޮތުގައި 8.7 މިލިއަން ރުފިޔާ ލިބިފައިވޭ: މީރާ

ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެގޮތުގައި 8.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މާލީ ހިސާބިތަކުން ދައްކައިފިއެވެ.

މި މާލީ ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. މި އަދަދަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 8.7 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ.

އަދި މި މާލީ ހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 82.5 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 70 މިލިއަން ރުފިޔާއެވެ. ވުމާއެކު މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 17.8 އިންސައްތައިގެ އިތުރު އަދަދެކެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުން ކަމަށް ވުމާއެކު ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 4،000 ރުފިޔާ ބަހާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!