ޚަބަރު
މާލެއިން ބިމެއް ވިއްކި މައްސަލައިގައި ނާއިފް ޝައުކަތާއި އިތުރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ވެށިފަހި ޕްރޮގްރާމުގެ ދަށުން ދައުލަތުން މިލްކުކޮށްފައިވާ ބިމެއް ވިއްކި މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓްރީގެ 2 އިސް ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާކުރަން ފޮނުވީ 2018 ގައި ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތާއި، އެ މިނިސްޓްރީގައި އޭރު ކޯޑިނޭޓަރަކަށް ހުންނެވި ޙަސަން ވަޙީދުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތެވެ.

އޭސީސީއިން މިއަދު ބުނީ އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރި ފަރާތުން އެ ބިން ގަތުމަށް އެދިފައިވީ ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ މާދުރުގައި އޮތް ބިމުގެ ވެރި ފަރާތަށް ކަަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ވެށިފަހި ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ ބިންތައް ވިއްކުމުގެ އުސޫލާ ޚިލާފަށް ކަމަށާއި، އިންވެގެން އޮތް ގޯތީގެ ވެރި ފަރާތާއި، އެހެން ފަރާތަކުން ބިން ގަންނަން އެދިފައިވަނިކޮށް ކަމަށް އޭސީސީއިން ބުންޏެވެ.

އޭސީސީިއިން ބުނީ އެ އުސޫލުގައި ބިން ވިއްކުމުގެ ކުރިން ވާރިސުންގެ ހާލަތު ވަޒަންކުރަންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!