ޚަބަރު
ފަޅުރަށްތައް ހޯދަން ހުށައެޅީ 4 ކައުންސިލަކުން، ޕްރޮޕޯސަލްތައް ރިވިއު ކުރަނީ!

އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ފަޅު ރަށްތައް ހޯދުމަށް އެދި މިހާތަނަށް ހުށައެޅި ކައުންސިލްތަކުގެ ޕްރޮޕޯސަލްތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ މާރިޗް މަހުގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުދަނާ ސިޔާސަތުޔަކެއް އެކަށައަޅުއްވާ ތަންފީޒް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ކައުންސިލްތަކަށް ފަޅު ރަށެއް ލިބޭނެ އުޞޫލެއް އެކުލަވާލައްވައި، އެ އުޞޫލުގެ ދަށުން ކައުންސިލްތަކުން ފަޅު ރަށް ހޯދަމަށް ޕްރޮޕޯސަލް ހުށަހަޅަމުން އަންނަކަމަށް ވޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް ހުށަހެޅި ޕްރޮޕޯސަލްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް 4 ކައުންސިލްއަކުން ފަޅުރަށް ބޭނުންވެގެން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ. އެއީ ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ، ލ. މާވަށު ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލެވެ. އެހެންނަމަވެސް މިހާތަނަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުން ހުށައަޅަންޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައި ނެތުމުން އެ ލިޔުންތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!