ޚަބަރު
ކަނޑުހުޅުދޫ ޑަބްލިއު.ޑީ.ސީން ހިންގި މޫދު ކަސްރަތު ޕްރޮގުރާމުން ބަރުދަން ލުއިކޮށްގެން އެތައްބަޔަކަށް ހައިރާން ކަމެއް!

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގެ ކަނބަލުންނަށް ހިންގި މޫދު ކަސްރަތު ޕްރޮގްރާމާއެކު ކަނބަލުން ވަނީ ބަރުދަން ލުއިކޮށްގެން ބޮޑު ކާމިޔާބީ އެއް ހޯދާފައެވެ.

ސެޕްޓެމްބަރު 12 އިން ފެށިގެން އޮކްޓޯމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް، އެ ރަށުގެ 33 ކަނބަލުން ވަނީ ބައިވެރިވެފައެވެ. އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ހައިފާ ހުސެއިން “ހުވަދޫ” އަށް ވިދާޅުވީ މި ކަސްރަތު ޕްރޮގުރާމް އަކީ ކާމިޔާބު ޕްރޮގުރާމެއް ކަމަށެވެ.

“ޕްރޮގުރާމްގެ ބައިވެރިންނަށް ވަނީ ވަރަށް ބޮޑަށް ހެލިފެލިވެ އުޅުމަށްވެސް އަހުލުވެރި ވެފަ. އެމްއެންޑީއެފް އިންސްޓްރަކްޓަރުން ދެއްވި މައުލޫމާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ހައިފާ

ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަދާނީ ލިއުމާއި އެކު އިނާމްވެސް ހާވަލު ކޮށްފައެވެ. އެގޮތުން މުޅި ޕްރޮގުރާމް އިން އެއްވަނަ ހާސިލް ކޮށްފައިވަނީ އެ ރަށު ރެޑްހައުސް ޝަޒްނާ ހަސަން އެވެ. ދެވަނަ ފާތުމަތު އީޝާ އަދި ތިން ވަނަ ހައިފާ ހުސެއިން އެވެ. ޝަޒްނާ ހަސަން ވަނީ މީގެ ކުރިން 108 ކިލޯއިން ބަރުދަން ކޮންޓްރޯލްކޮށް 98 ކިލޯއަށް ތިރި ކޮށްފައވެ. އަދި ޕްރޮގްރާމްގައި ބައިވެރިވެގެން 93 ކިލޯއަށް ބަރުދަން ލުއި ކޮށްފައެވެ. ބަރުދަން ހިފެހެއްޓުމެއް ނެތި ކޮންޓްރޯލް ކޮށްފައިވާތީ ބަރުދަން ލުއި ކުރެވުނު އެންމެ ކާމިޔާބު ފަރާތަކީ ޝަޒުނާއެވެ.

ޝަޒްނާ ހުވަދޫ އަށް މައުލޫމާތު ދެއްވަމުން ބުނީ ފުރަތަމަ މިކަންނުވާނެ ހިތަށް އެރި ކަމަށެވެ. ނަމަވެސް އެންމެންވެސް ޕޮރުގުރާމް ނިންމާލިއިރު ލިބުނުނަތީޖާއިން ފްރުގުރާމް ނިންމާލަން ބޭނުމެއްނުވި ކަމަށެވެ. ކާމިޔާބީއަކީ މަސައްކަތް ކުރާ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ކަމަށެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކަނޑުހުޅުދޫ ކޯޓުގެ ކުރީގެ އިސް ޤާޒީ، އަލްފާޟިލް ޙަސަން ދީދީއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގެ ކަނބަލުންނަށް ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލުން/ފޮޓޯ: ކަނޑުހުޅުދީ ޑަބްލިއުޑިސީ

ކަނޑުހުޅުދޫގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!