ޚަބަރު
ސަރުކާރު ޚަރަދުގައި އަންނަ އަހަރު ބޯން މެރޯ ޓްރާންސް ޕްލާންޓަށް ފޮނުވާ ކުދިން ސްކްރީން ކުރަން ފަށައިފި

ސަރުކާރު ޚަރަދުގައި އަންނަ އަހަރު ބޯން މެރޯ ޓްރާންސް ޕްލާންޓަށް ފޮނުވާ ކުދިން ސްކްރީން ކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު މިފަދައިން ވިދާޅުވީ ތެލެސީމިއާ މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ކުދިން ސްކްރީން ކުރުމާއި، އެކަމާމެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުން އިތުރުވުމާއި، ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓު ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު، މިހާތަނަށް 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުން ކަމަށާއި، މިވަގުތު ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން ލިސްޓު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގާއިމު ކުރުމަށް ނިންމާފައިވާ ތެލެސީމިއާ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. 

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 މީހުންކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!