ޚަބަރު
ގިނަ އަދަަދަކަށް ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ 6 މީހަކު ހައްޔަރުކޮށްފި، އެކަކު އަތުލައިގަތީ ފުރާޅު މަތިން

ގިނަ އަދަަދަކަށް ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ ދިވެހި 6 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 55 އަހަރުގެ މީހަކާއި، 37 އަހަރުގެ މީހަކާއި، 39 އަހަރުގެ މީހެކެވެ. މި ހަ މީހުން ހައްޔަރުކޮށްފައިވަނީ ވަކި ހަ މައްސަލައެއްގައެވެ.

އޭގެތެރެއިން 35 އަހަރުގެ އެކަކު ހައްޔަރުކުރީ ސައިކަލެއް ވަގަށް ނެގި މައްސަލާގައެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ. އޭނާއަކީ ކުށުގެ ތުހުމަތުގައި 30 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 16 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.

މީގެއިތުރުން ހައްޔަރުކުރި 35 އަހަރުގެ މީހާއަކީ ކުށުގެ ތުހުމަތުގައި 60 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 22 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނޫނެވެ.

36 އަހަރުގެ މީހާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ޖެކް އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. އޭނާއަކީ ކުށުގެ ތުހުމަތުގައި 64 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 33 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.

ހައްޔަރުކުރި 55 އަހަރުގެ މީހާއަކީ ކުށުގެ ތުހުމަތުގައި 20 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 9 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

37 އަހަރުގެ މީހާއަކީ ކުށުގެ ތުހުމަތުގައި 53 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 9 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކުރީ ފިހާރައަކުން 3 އެކްސް އެލް ދަޅު ވަގަށް ނެގި މައްސަލައެއްގައެވެ.

39 އަހަރުގެ މީހާއަކީ ކުށުގެ ތުހުމަތުގައި 24 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން 15 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.

އޭނާ ބަންދުކުރަން އަމުރުކޮށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ވައްކަން ކުރަން ވަން މީހަކު ހިފަހައްޓައިގެން އުޅޭ ކަމަށް ޓޯކީން ގޮވައި މައުލޫމާތު ދިނުމުން ސީނަށް ގޮސް މައުލޫމާތު ސާފުކުރުމުން، އެތަނުގައި ތިބި މީހުން އޭނާއާ ސުވާލުކުރުމުން ކައިރީ ޖެހިގެން އިން ގޭގެ ފުރާޅުގެ ޓިނު ރަނގަޅު ކުރަން އުޅުނު ކަމަށް ބުނި ކަމަށާއި، ފުލުހުން އޭނާއާ ސުވާލުކުރުމުން ފޯނު ފުރާޅު މައްޗަށް ވެއްޓިގެން އެރީކަމަށް ބުނެފައިވާ ކަމަށެވެ.

މި ފަސް މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!