ޚަބަރު
އައިއޭއީއޭ ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި، އައިއޭއީއޭގައި ބައިވެރިވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ވޯޓުންނެވެ.

އައިއޭއީއޭގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެެރިކަން ހޯދުމަށެވެ.

ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއަރ މެޑިސިންގެ އެކި ފަރުވާތައް ބޭނުންކުރާއިރު، އެކަމާ ގުޅޭ ބައިނަލްއަގުވާމީ އިދާރާއަކީ އައިއޭއީއެވެ.

އައިއޭއީއޭއާ ރާއްޖެއިން ގުޅުމަށް ނިންމާފައިވާއިރު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީންނެވެ.

އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވެސް ފައިދާތަކެއް ކުރާނެއެވެ.

އައިއޭއީއޭއަކީ 1957 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ގައި އުފެއްދި ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރިޔަ ނުދިނުމަށާއި، އޭގެ ފައިދާ ރަނގަޅު ގޮތުގައި ބޭރުކުރަން އެހީތެެރިވުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!