ޚަބަރު
ރިޔާސީ ވައުދެއްގެ ފެށުން؛ ގެދޮރު އެޅުމަށް ކުޑަ އިންޓަރެސްޓްގެ ލޯނަށް އެދުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ!

ކުޑަ އިންޓަރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ ‘ހިޔާވެހި’ ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާ ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި މި ސްކީމަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ތަޢާރަފުކުރާ ލޯނު ސްކީމެކެވެ.

މި ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް، އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާއާ ހަމައަށް، އަދި މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ.

މި ލޯނު ދޫކުރާނީ 5 އިންސައްތަ އިންޓަރެސްޓުގައި ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މި ސްކީމުގައި ބައިވެރިވުމަށް އެމްއޯޔޫގައި ސޮއިކުރެވުނެވެ. މީގެ ކުރިން އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކުވެސް މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވެއެވެ.

މި ސްކީމުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޫކުރެވޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން (ސަރުކާރުގެ ހަފުތާ 14’އިގައި ހިމެނޭ) ވައުދެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!