ޚަބަރު
ބޯހިޔާވަހިކަމަށް ދޫކުރާ ލުއި ލޯނު ސްކީމުގައި ބީއެމްއެލް ބައިވެރިވެއްޖެ

ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ ލޯނު ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިވެ، އެކަމާ ގުޅޭ އެމްއޯޔޫގައި ހައުސިން މިނިސްޓްރީ އާއި އެ ބޭންކާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްއޯޔޫގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.

‘ހިޔާވެހި ފައިނޭންސް ސްކީމު’ ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ލޯނު ސްކީމުގެ ދަށުން 5 އިން ސައްތަ އިންޓްރެސްޓު ރޭޓުގައި 1 މިލިއަން ރުފިޔާއިން ފެށިގެން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމުގެ ދަށުން ރަށްރަށުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް، އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާއާ ހަމައަށް، އަދި މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށްވެސް ލޯނު ދޫކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.

ގެދޮރުވެރިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަކީ ސަރުކާރުގެ ‘ހަފްތާ 14’ އެޖެންޑާގައި ހިމެނޭ ކަމެކެވެ. މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލާ ފުރުސަތެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކުވެސް މީގެ ކުރިން ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!