ލުބުނާނުގެ ހިޒްބުالله ގެ ކޮމާންޑަރަކު މަރާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި މަރާލާފައިވަނީ ލުބުނާނުގެ އައިޓާރޫން ސަރަހައްދުގައި ހަރަކާތްތެރިވާ ހިޒްބުاللهގެ އެލީޓް ރަދުވާން ފޯސްގެ ކޮމާންޑަރު އައްބާސް އަދުނާން މަސްލަމް ކަމަށެވެ.
އިޒްރޭލުން މިފަދައިން ބުނެފައިވީ ނަމަވެސް ހިޒްބުالله އިން މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވެއެވެ.
އިޒްރޭލު އަސްކަރިއްޔާއިން ގެންދަނީ ލުބުނާނަށް އެއްގަމު މަގުންނާއި ވައިގެ މަގުން ގިނަ އަދަދެއްގެ ހަމަލާތަކެއް ދެމުންނެވެ. އަދި އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކުރަމުންނެވެ.

