ޚަބަރު
މާލޭގެ ބައެއް ކެފޭތަކުގައި ނުގަވާއިދުން މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގެ ބައެއް ކެފޭތަކުގައި ނުގަވާއިދުން މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި އިއްޔެ ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަންގައި 03 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިތަނުން ބައެއް ކެފޭތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއޔަ 05 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ބަލާއިރު، ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި 186 ރެއިޑް އޯޑަރު ނެރެ، 1237 ތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި ގަވައިދާ ޚިލާފަށް އުޅުނު 4361 ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.

މީގެއިތުރުން ބޯޑަރު ހުރަސްކޮށް ގަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ރާއްޖޭއަށް އެތެރެވުމަށްޓަކައި ކައުންޓަރ ފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަބަޔަކު މަސައްކަތް ކުރަމުންދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!