ޚަބަރު
ކުރީގެ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ; ތަހުމީނަކީ އަމިއްލައަށް ލިޔެގެން އުޅޭ ހުތުބާއަކުން ކައިވެނިކޮށްދޭ މީހެއް: ދައުލަތުގެ ހެކިވެރިޔާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ގއ. ކޮނޑޭ/ ފޮޅޭމާގެ، ތަހުމީން އަހުމަދަކީ އޭނާ އަމިއްލައަށް ލިޔެގެން އުޅޭ ހުތުބާއަކުން ކައިވެނިކޮށްދޭ މީހެއް ކަމަށް މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ ބުނެފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ތަހުމީންއާ ދެކޮޅަށް ހުށަހަޅައިފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުނެވެ. ފުރަތަމަ ހެކިބަސް ދިން ފުލުހުންގެ މުއައްސަސާގެ އޮފިސަރު ތިހާމީ ބުނީ ތަހުމީން ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކުރުމަށްދިޔަ ޓީމުގައި އޭނާ ހިމެނޭ ކަމަށެވެ.

ތިހާމީ ބުނި ގޮތުގައި އެޕާޓްމެންޓް ބަލައިފާސްކުރި އިރު، 32 ޖީބީ މައިކްރޯ އެސްޑީ ކާޑެއް، އެއް ޖީބީ މައިކްރޯ ކާޑެއް، ތަޅުދަނޑި ފައްޗެއް، ދީނީ ލިޔުންތަކެއް އަދި ހުތުބާއެއް ފެނުނެވެ. ތަހުމީން ބުނެފައިވަނީ ހުތުބާއަކީ ކައިވެނިކޮށްދިނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި އެއް ކައިވެނި ކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އެޕާޓްމެންޓުން ހުވާވޭ ބްރޭންޑުގެ ފޯނަކާއި ސިމް ކާޑެއްގެ އިތުރުން ސިމްލައްވަން ބޭނުންކުރާ އެއްޗެއް ފެނުނު ކަމަށާއި، އިމާރާތުގެ ސިޑިދަށުން ކަޅުކުލައިގެ ހެލްމެޓަކާއި ފަގުޑިއެއް އަދި 1410 ޖަހައިފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ފެނުނު ކަމަށް ތިހާމީ ބުންޏެވެ.

ދެވަނަ ހެކިވެރިޔާ ބުނީ އޭނާއަކީ ތަހުމީން ހައްޔަރުކުރި ފަރާތް ކަމަށާއި މައްސަލައާ ގުޅިގެން ތަހުމީންގެ ބަޔާންތައް ނަގައިފައިވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ބަލައިފާސްކުރުމުގެ ކުރިން ފޮރެންސިކުން މުޅި އެޕާޓްމެންޓުގެ ފޮޓޯ ނަގައިފައިވާނެ ކަމަށާއި ކޮންމެ އެވިޑެންސެއްގެ ވަކި ފޮޓޯއެއް ނަގައިފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ތަހުމީންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާކޮށްފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ މި މައްސަލައިގެ ތިން އަޑުއެހުމެއް އަންނަ މަހުގައި ބާއްވާނެ ކަމަށެވެ.

ދައުލަތުން ވަނީ މައްސަލައާ ގުޅިގެން ހުށަހަޅައިފައިވާ އިތުރު ހެކިވެރިއެއް ކަމަށްވާ އާދަމް މިއާޒުގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އެއީ މިއަދުގެ ހެކިބަސް ނެގި ދެ ހެކިވެރިންގެ ފަރާތުން ބޭނުންވާ މައުލޫމާތު ލިބިފައިވާތީ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދިފާއުން އެކަމަށް އިއުތިރާޒު ނުކުރުމުން ގާޒީ ވަނީ ދައުލަތުން އެދުނު ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށް ނިންމައިފައެވެ.

މި މައްސަލައަކީ 2021 ވަނަ އަހަރު، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަލައެވެ. މި ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބި، ފުރާނައަށް ނުރައްކާވެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!