ޚަބަރު
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑު ކުރާ ބިލު، 71 މެންބަރުންގެ ވޯޓުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލު 71 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.

އެމްޑީޕީއިން މި ބިލަށް ދެކޮޅު ހެދި ނަމަވެސް، 8 މެންބަރުން އެކަނި ވަނީ ބިލާ ދެކޮޅަށް ވޯޓު ދީފައެވެ.

މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ހުށަހެޅުނު މި ބިލުގައި ވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީގެ ގޮތުގައި 8 ރުފިޔާ ނެގުމަށާއި، ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލިލީޓަރަކަށް 8 ރުފިޔާގެ މަގުން ޑިއުޓީ ނެގުމަށް ހުށަހަޅާފައެވެ.

މި ބިލު ފާސްކުރުމުގެ ކުރިން އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ވަނީ ދިރާސާކޮށްފައެވެ. އަދި މި ބިލު ފާސްވުމާ ގުޅިގެން، ނޮވެމްބަރު 15 އިން ފެށިގެން ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ބިލު ފާސްވުމުން، އޭގެ ކުރިން އެތެރެކުރާ ތަކެތިން މި އިތުރުކުރެވޭ ޑިއުޓީ ނެގޭނެއެވެ. މި ބިލުގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރު ކުރުން މަދުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް މަގުފަހިކުރުން ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. އިމާދު

    ވަރަށް ބަރާބަޜު