ޚަބަރު
ނޮވެމްބަރު 3 އާއި 11 ގައި ގައުމީ ދާރުލްއާސާރާއި، ހުވަދޫ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު ބަންދުވާނެ

ނަސްރުގެ ދުވަހާއި ޖުމްހޫރީ ދުވަހު ގައުމީ ދާރުލްއާސާރާއި، ގދ.ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު އަދި އުތީމު ގަނޑުވަރު ބަންދުވާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 3 ވާ ނަސްރުގެ ދުވަހާއި، ނޮވެމްބަރު 11 ވާ ޖުމްހޫރީ ދުވަހުގައި ގައުމީ ދާރުލްއާސާރާއި، ހުވަދޫ ސަރަހައްދީ ދާރުލްއާސާރު އަދި އުތީމު ގަނޑުވަރު ބަންދުވާނެ ކަމަށެވެ.

އެ ދުވަސްތައް ފިޔަވައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވާނެއެވެ

ނަމަވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާފައިވާ ނޮވެމްބަރު 10 ގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ގަނޑުވަރު ހުޅުވިފައި ހުންނާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުންޏެވެ.

ގައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ސަރުކާރު ބަންދުވާ ދުވަސްތަކުގައި ގައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.

މީގެއިތުރުން ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. ސަރުކާރު ބަންދުވާ ދުވަސްތަކުގައި ހުވަދޫ ދާރުލްއާސާރު ވެސް ބަންދުވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!