ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރި ކުރުވާނެ ސަރުކާރަކީ މިއަދުގެ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕެޓް ކެއާރ ފެސިލިޓީ ހުޅުވުމަށް ހުޅުމާލޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖޭގެ ކައުންސިލްތަކާ ވަކިވަކިން ވަނީ ބައްދަލު ކުރައްވާފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ 160 އެއްހާ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކޮށްފައިވާ ކަމަށާއި، އަމިއްލަ އަތުން ނޯޓް ލިޔެފައި އެކައުންސިލްތަކަށް ރައްދު ކޮށްފައިވާނެ ކަމަށެވެ.
” އަމިއްލަ އަށް ލިޔެ ރައީސް އޮފީސް މެދުވެރިކޮށް ކަމާބެހޭ މުއައްސަސާތަކާ އޮފީސްތަކާ އިދާރާތަކާއެކު ދަނީ ތަންފިޒު ކުރަމުން” ރައީސް
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަމަށް އިސްކަންދެވޭ މިންވަރު އޮތީ ފެންނަން ކަމަމަށާއި، ކައުންސިލްތަކުގެ އިމާރާތްތައް ނެތިވެ ފަނާވެގެން ގޮސްފައިވާއިރު އެކަންކަންވެސް ފެންނާނެ ލޮލެއް މީގެ ކުރިން ނެތް ކަމަށެވެ. ރައީސް މިއަދު މިހެން ވިދާޅުވެފައިވާއިރު، ޕެޓް ކެއާރ ފެސިލިޓީއެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މިއިއްޒު އެމަނިކުފާނުގެ މޭޔަރުކަަމުގައި ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. އެގޮތުން އެމަސައްކަތް ނުނިމި އޮތީ އޭރުގެ ސަރުކާރުން އަޅާލާފައި ނުވާތީ ކަމަށާއި މިއަދގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުންދީ މަސައްކަތް ކޮށްފައިވަނީ އެބާރުވެރިކަން ހޯދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

