ޚަބަރު
ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން ފުނަދޫ އާއި ވާދޫގައި މަސް ކަނދުފަތި ގާއިމު ކުރާ ދެ ސެންޓަރު އަޅަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ގާއިމު ކުރާ ސެންޓަރުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ޝިޔާމު ވިދާޅުވިގޮތުގައި، ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމު ކުރާ އެންމެ ސެންޓަރެކެވެ. މިއީ ކަނދުފަތިތައް ގާއިމު ކުރުމަށް މިހާރު އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ގާއިމު ކުރާ ދެ ސެންޓަރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން މި ނިންމީ ރާއްޖޭގެ ދެ ސަރަހައްދުގައި އުތުރާއި ދެކުނުގައިވެސް ކަނދުފަތި ޕްރޮޑިއުސްކުރާ 2 ސެންޓަރު ގާއިމު ކުރުމަށް. އެގޮތުން ށ.އަތޮޅު ފުނަދޫއިން އަޅުގަނޑުމެންނަށް މިހާރު ބިމެއް އެލޮކޭޓްކުރެވި އެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، “އެންމެ ފުރަތަމަ ހުޅުމާލެއިން ބޭރުގައި ގާއިމު ކުރެވޭ ކަނދުފަތި ސެންޓަރަކަށް ވާނީ ށ.އަތޮޅު ފުނަދޫ. އޭގެއިތުރުން ގދ.ވާދޫ މިހާރު އަޅުގަނޑުމެން މިވަނީ އައިޑެންޓިފައި ކޮށްފައި ކަނދުފަތިތައް ގާއިމު ކުރުމަށް.”

ރާއްޖޭގައި މިހާރު 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯރޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަޒީރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާއިރު މިހާރު ވަރަށް ބޮޑަށް ވަދު ކަނދުފަތި އެޅުމަށް އެދެމުން އަންނަމުންދެއެވެ. މިހާރުވެސް 89 ވަދު ކަނދުފަތި އެޅުމަށް އެކި ފަރާތްތަކުން އެދިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުގައި މިހާތަނަށް ޖުމްލަ 29 ކަނދުފަތި ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ހާއްސަ 18 ކަނދުފައްޗާއި 11 ވަދު ކަނދުފައްޗެވެ.

ވަޒީރު ޝިޔާމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޫސުން ގޯސް ދުވަސްވަރުގައި މަސް ކަނދުފަތިތައް ކަނޑައިގެންދާކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. މިކަމަކީ މަސްވެރިންނަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި އައު ސެންޓަރުތައް ގާއިމު ކުރުމުން، ކަނދުފަތިތައް އަޅައި، މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އަވަސްވެ، ހަރުދަނާވާނެ ކަމަށް އުންމީދުކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި މި ސެންޓަރުތައް ގާއިމު ކުރުމުން، އެ ސަރަހައްދުތަކުގެ މަސްވެރިންނަށް ފަސޭހަވެ، މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަޒީރު ޝިޔާމުގެ މި ބަސްފުޅުތަކުން އެނގިގެންދަނީ، މިސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވަމުންދާކަމެވެ. ކަނދުފަތި ގާއިމު ކުރާ އިތުރު ސެންޓަރުތައް އެޅުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!