ޚަބަރު
މަހުގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުވާއިރު، މުޅި ދެކުނަށް 8500 ސްޓޯރޭޖް ގާއިމްވާނެ: ޝިޔާމް

މަހުގެ ސްޓޯރޭޖު ކެޕޭސިޓީ، އިތުރުކުރެވޭއިރު ގދ.ތިނަދޫ ސިޓީގައި 1000 ޓަނު، ގދ.ފިޔޯރީގައި 3000ޓަނު، އަދި ގއ.ކުއްޑޫގައި 4000 ޓަނު އަދި ސ.ހުޅުމީދޫގައި 500 ޓަނު އިތުރު ކުރެވިގެންދާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތަތްކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދެކުނުގައި މަސް ސްޓޯކުރެވޭނެ ކެޕޭސިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ. މިހާރު މަސައްކަތްތައް ދާ ބާރުމިނަށް ބަލާއިރު އަންނަ އަހަރުގެ ޖޫން ޖުލައި ހިސާބަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފާހަގަކުރެއްވީ ސަރުކާރަށް އައިރު ދިވެހިރާއްޖޭގެ މި ސްޓޯރޭޖް، މަސް ފިނިކޮށް ރައްކާކުރެވޭ ސްޓޯރޭޖްގެ ކެޕޭސިޓީ މި ހުރީ ބޯޓުތައް ހިމެނޭގޮތަށް ތިން ފެސިލިޓީގައި ކަމަށާއި، އެއީ ފެލިވަރާއި، ކޫއްޑޫގައި އަދި އައްޑޫ އަތޮޅު ހުޅުދޫގައި ކަމަށެވެ.

މިތިން ފެސިލިޓީ އިތުރުވެ މަސްގަންނަ ބޯޓުފަހަރުގެ ކެޕޭސިޓީ އާއި އެކީގައި ގާތްގަނޑަކަށް 8500 ޓަނު ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީއެއްދެން ގާއިމްވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސް ސްޓޯކުކުރެވޭނެ ޖާގަ މީގެ ކުރިން ނެތުމުން މަސް ބޭރަށް އެކްސްޕޯޓު ކުރަންދަތިތަކާ މީގެ ކުރިން ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެސަބަބުން މިފްކޯއިން ބޭނުންވާ އަގަކަށް މަސް ނުވިއްކުނު ކަމަށެވެ. އެހެންނަމަވެސް މިގެނެވޭ ބަދަލާއެކު މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!