އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވެއްޖެ އެވެ.
މީގެ ކުރިންވެސް އެގައުމުގެ ރައީސްގެ މަގާމް އަދާކުރެއްވި ޑޮނާލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ކަމަލާ ހެރިސްއާ ވާދަކޮށްގެންނެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި މިހާތަނަށް ޓްރަމްޕް ވަނީ 277 އިލެކްޓޯރަލް ވޯޓު ހޯދާފައެވެ. އަދި ޓްރަމްޕާ ވާދަކޮށް ކަމާލާއަށް ލިބިފައިވަނީ 224 އިލެކްޓޯރަލް ވޯޓެވެ. މިހާތަނަށް އައިއިރު ޓްރަމްޕް ވަނީ 71 މިލިއަން ވޯޓު ހޯދައިފައެވެ. ކަމާލާއަށް ލިބިފައިވަނީ 66 މިލިއަން ވޯޓެވެ.
މި ކާމިޔާބީއާއެކު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން މިހާރު ގެންދަނީ އުފާފާޅުކުރަމުންނެވެ.
އިތުރު ތަފްސީލު އަންނަނީ…

