ޚަބަރު
ވޭޕް މަނާކުރުމާ ގުޅޭ ބިލު ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވޭޕްގެ ވިޔަފާރިކުރުމާއި، އޭގެ ބޭނުންކުރުން މަނާކުރުމާ ގުޅޭ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ ކޮމިޓީން ބިލަށް ބައެއް އިސްލާހުތައް ގެނައުމަށްފަހުއެވެ.

މި ބިލުގައިވާ ގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާވާއިރު، ޑިސެމްބަރު 15 ވަނަ ދުވަހުގެ ފަހުން ވޭޕް ބޭނުންކުރުމާއި، ވިއްކުން ވެސް މަނާވާނެއެވެ.

މި ކަންކަމާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށް ނިންމައި، ޖޫރިމަނާކުރެވޭނެ އަދަދުތައް ބިލުގައި ހިމަނާފައިވެއެވެ.

ދުނިޔޭގައި ތަރައްގީވެފައި ގައުމުތަކުގައި ވެސް އަމަލުކުރާ ފަދައިން ދުންފަތް ގަތުމުގައި ވަކި އުމުރެއް ކަނޑައަޅާފައިވާއިރު، އެގޮތަށް މިހާރު 18 އަހަރަށް ކަނޑައެޅިފައި އޮތް އުމުރުފުރައިން 21 އަހަރަށް ބަދަލުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!