ޚަބަރު
ކުށްކުރާކަން ޔަގީން ވެއްޖެނަމަ އެޕާޓްމަންޓްތައް ދައުލަތަށް ނަގާނެ: އިހުސާން

އަދުލުއިންސާފަކީ މިއަދުގެ ސަރުކާރަށް ވަރަށް މުހިންމު ކަމެއްކަމަށާއި، ކުށްކުރާކަން ސާބިތުވެއްޖެނަމަ އެޕާރޓްމެންޓްތައް ދައުލަތަށް ނެގޭނެ ކަމަށް ދާޙިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މީހުން ރަހީނުކުރުންފަދަ މައްސަލަތަކަކީ ވަރަށް ބޮޑު ނުރައްކަލެއްއޮތް މައްސަލައެއްކަމަށާއި، އެފަދަ މައްސަލަތައް ތަކުރާރުނުވާނެހެން ސަރުކާރުގެ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އިހުސާން މިފަދައިން ވިދާޅުވީ ރޭމީހަކު ރަހީނުކޮށްފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ރަހީނުކުރެވުނުމީހާ ސަލާމަތް ކުރުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

” ކުށްކުރާމީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. ބައެއް ފްލެޓްތަކާއި ކުށްޔަށް ހިފައިގެންތިބޭތަންތަގަ ކުށްތަކަށް އަރައިގަނޭ. މިފަދަ ތަންތަނުގައި ތަކުރާރުކޮށް ފާހަގަވޭ ކުށްތަކަށް އަރައިގަންނަކަން. އެހެންކަމުން މިފަދަ ތަންތަނުގެ ވެރިންނާއި ވާހަކަދައްކާފަ ކުށް ތަކުރާރުވާނަަމަ ގާނޫނުގެ ތެރެއިން ދައުލަތަށް ނެގޭނެ ގޮތެއްބަލާ އެކަންކުރާނަން” އިހުސާން

އިހުސާން ވިދާޅުވީ ދިވެހިފުލުހުން އަބަދުވެސްތިބޭނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަކީ ފުލުހުންގެ އެެންމެބޮޑު އަމާޒު ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ މިދައުރުގައި މިފަދަ ނުރައްކާތެރި މައްސަލަތައް މަދުކުރެވުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށެވެ.

އަދި މީގެ އިތުރުން އިހުސާން ފާހަގަކުރެއްވީ މިފަދަ ހާލަތްތަކުގައި މީގެފަހުންވެސް ދިވެހި  ރައްޔިތަކު ގެންގޮސްފިނަމަ ދިވެހިފުލުހުންގެ ފަރާތުން އެޅެންއޮތް ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ރޭ މީހަކުރަހީނިކޮށްފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 9 ވަނަ ހިޔާ ޓަވަރުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި އަމަލު ހިންގާފައިވަނީ އެ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

ރަހީނުކުރި މީހާ ސަލާމަތްކުރެވުނީ އޭނާގެ އިނގިލި ބުރިކޮށްލަން ތައްޔާރުވެގެން ތިއްބާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިހާރު 12 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައާއި ގުޅިގެން ރަހީނު ކުރި މީހާގެ އިތުރު މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!